ޚަބަރު

ސާފް ޗެންޕިއަންޝިޕް ފެށޭއިރު ޔޫތު މިނިސްޓަރ ނެތުމަކީ ފަޅުކަމެއް: އާދަމް ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަދު ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެންޕިއަންޝިޕް ފަށާއިރު، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ނެތުމަކީ މުބާރާތަށް އޮތް ވަރަށް ބޮޑު ފަޅުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މިނިސްޓަރ މަހުލޫފް މަގާމުން ސަސްޕެންޑު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވިދާޅުވީ މިނިސްޓަރ މަޚުލޫފް ވާނުވާގައި ބަހައްޓާފައި ހުންނަތާ 3 މަސް ވެއްޖެ ކަމަށާއި މިހާ ގިނަ ދުވަސް ވަޒީރަށް ޒިންމާ އަދާ ނުކުރެވޭ ގޮތަށް ބެހެއްޓުމަކީ ޔޫތު މިނިސްޓްރީއަށް ވަމުންދާ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. މީގެ އިތުރުން ޝަރީފް ވަނީ “ސާފް ޗެންޕިއަންޝިޕް ފެށޭއިރު މިނިސްޓަރ ނެތުމަކީ ފަޅުކަމެއް”ކަމަށް ވިދާޅުވެފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް މިއަދު ހަވީރު ވަނީ ފަށައިފައެވެ. މިއަދު ހަވީރު ބައްދަލުކުރީ ސްރީލަންކާއާއި ބަނގްލަދޭޝްއެވެ. އަދި މި ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ނޭޕާލްއާއި ދިވެހިރާއްޖެއެވެ.

ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ނުކުންނާނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި އޮކްޓޯބަރު 10ގައި ރާއްޖެ ކުޅޭނީ ސްރީލަންކާއާ ދެކޮޅަށެވެ.

Ads by Ooredoo
  1. ށަވިޔަނި

    ޢިއްޒަތްތެރިމެންބަރު އާދަމްޝަރީފްމެން ޤައުުމާއިގެން ތިބިކަންދައްކައިދެނީ ޢަމަލާއި ދުލުން ވަރަށްރަނގަޅު