ފުޓްބޯޅަ

ޤައުމީ ޓީމުގެ ޖާޒީ ދިވެހިންނަށް ކަމަކު ނުދިޔަ، ބަލިވީ ވެސް ޖާޒީއާ ހެދި ކަމަށް ބުނެފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ނޭޕާލު ރޭ ކުޅުނު މެޗުގައި، 0-1ގެ ސްކޯއަކުން ރާއްޖެ ބަލިވީ، ޤައުމީ ޓީމު ލައްވައިފައި ހުރި ޖާޒީގެ ސަބަބުން ކަމަށް ބުނެ ގައުމީ ޖާޒީއަށް ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

Ads by STELCO

ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ ރަތް ކުލައިން ހުދު ކުލައަަށް ބަދަލުކޮށް، ޖާޒީގެ ޑިޒައިނަށް ވެސް މިފަހަރު ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް މި ބަދަލަކީ ގިނަ ދިވެހީންނަށް ކަމުދިޔަ ބަދަލަކަށް ނުވެ، ޤައުމީ ޓީމުގެ މިފަހަރުގެ ޖާޒީ ހުރި ގޮތާ މެދު އެތައް ބަޔަކު ވަނީ ޓްވިޓާގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެގޮތުން ބައެއް ފަރާތްތަކުން ޓްވިޓާގައި ބުނެފައި ވަނީ ރޭގެ މެޗުން ރާއްޖެ ބަލިވީ އައު ޖާޒީގެ ސަބަބުން ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ، ޤައުމީ ޓީމު ލާ ކަހަލަ ރަސްމީ ޖާޒީއެއްގެ ފާޑެއް ވެސް ނުޖަހާ ކަމަށެވެ. އަދި މި މުބާރާތަކީ "ކަންމަތީ ފުޓުބޯޅަ" މުބާރާތެއް ނޫން ކަމަށާއި މިއަށް ވުރެ ރަސްމީ ޖާޒީ ރީތި ކުރެވުނީސް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

އެހެން މީހަކު ބުނެފައި ވަނީ ހުދު ޓީޝާޓެއްގައި ހަމަ އެކަނި ޤައުމީ ދިދަ ޕްރިންޓު ކޮށްލުމަށް ވުރެ ޤައުމީވަންތަަކޮށް، ޤައުމީ ޓީމުގެ ޖާޒީ ހެދުނީސް ކަމަށެވެ.

ރޭގެ މެޗުން ރާއްޖެ ބަލިވެފައިވާ އިރު، މިއީ ރާއްޖޭގެ މައްޗަށް ނޭޕާލުން ކުރި ހޯދި ފުރަތަމަ ފަހަރެވެ.

ރޭ ނޭޕާލަށް ތާރީޚީ މޮޅެއް ލިބުނުއިރު، އެ ޓީމަށް މިހާތަނަށް ނޭޕާލަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ލިބިފައެއް ނުވެއެވެ. ދިވެހި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ނޭޕާލް މޮޅުވެ އެ ޓީމު ވަނީ ތަށި ހޯދުމުގެ ރޭހުގައި އެއް ފިޔަވަޅު ކުރިއަށް ޖެހިލައިފައެވެ.

  1. ޛހހހހ

    ޖާޒީ ހުދުވެގެން މައްސަލައެއްނެތް. ތިބުނާ ގައުމީވަންތަ ލޭހުރި ޖާޒީ ލައިގެން މޮޅުވާނެ ނަމަދިވެހިންތިބޭނީ ވޯރލްޑުކަޕް ކުޅެފަ މިހާރު. ކޮންމެހެން ނުޖެހޭ ގައުމީ ކުލައޭ ކިޔާފަ އަބަދުރަތްކުލަ ޖައްސައިގެން އުޅޭކަށް. ގައުމީވަންތަ ވަނީކީ ލާ ހުރިހާ އެއްޗެއްގަ ދިދަ ޖަހައިގެން އޫޅުނީމައެއްނޫން. ދުނިޔޭގެ އެހެން ގައުމްތައް ބަލާލާ. މިފަހަރު ޖާޒީ ކިތައްމެހާވެސް ރީތި. ހަޑިކޮށް ލީ ބޮޑު ދިދައެއް މޭ މައްޗަޢް ޕްރިންޓް ކޮށްފަހުރީމަ. މުޅޭކުޅޭ ނުވެ ތަންކޮޅެއް ޕޮރޯ ވާންވެއްޖެ ތިތަން ހިންގަންތިބި މީހުން

  2. އަންނައުނު

    ބއްޔަކާ ޖާޒީ އަކާއި ގުޅުމެއް ނެތް.. އެކަމަކުވެސް ރަސްމީ މުބާރާތް ކުޅެން ވާނީ ރަސްމީ ޖާޒީގަ.. ޖާޒީ މާ ފުޓްސަލް ވެފަ ނުރަސްމީ..
    ބޮޑަތި ގަްުމުތަކުން އެމީހުންގެ ޖާޒީ އަށް ގެންނަ ބަދަލަށް ރެފަރ ކޮއްލި ނަމަ ވެސް ރަނގަޅުވީސް..