ދުނިޔެ

ކޮވިޑް-19 ޖެހިގެން މިހާތަނަށް 5 މިލިއަން މީހުން މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގެ އެއް އެނދުގައި ދެމީހުން ފަރުވާ ހޯދަނީ

އާލަމީ ވަބާ، ކޮވިޑް19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 5 މިލިއަނަށް ވުރެ މައްޗަށް ގޮސްފިއެވެ.

Ads by WAMCO

ރޮއިޓާރސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ކޮވިޑް-19 ނުރައްކާތެރި ވޭރިއެންޓެއް ކަމުގައިވާ ޑެލްޓާ ވޭރިއެންޓާއެކު މުޅި ދުނިޔޭން މިބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ގިނަވެފައި މިވަނީ ވެކްސިން ނުޖެހޭ މީހުންގެ އަދަދު އަދިވެސް މަތީގައި އުޅޭތީއެވެ.

ވެކްސިން ފޯރުކޮށްދެވިފައި ނުވާ ފަގީރު ހިސާބުތަކުގައި އަދިވެސް ގިނަމީހުންނަށް މި ބަލި ޖެހެމުންދާއިރު ވެކްސިން ނުޖެހުމުގެ ސަބަބުން ބަލީގައި މަރުވާ މީހުންނާއި ބޮޑުވަރުވާ މީހުންގެ ނިސްބަތް އަދިވެސް މަތިކަމަށް ރޮއިޓާރސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އެނަލަައިޒްތަކުން ދައްކާގޮތުގައި ކޮވިޑްޖެހިގެން މަރުވި މީހުންގެ އަދަދު 2.5 މިލިއަނަށް އަރަން ގާތްގަނޑަކަށް އަހަރެއް ނަގައިފައި ވެއެވެ. ނަމަވެސް އަނެއް 2.5 މިލިއަން މީހުން މަރުވުމަށް ނެގީ އެންމެ 8 މަސްދުވަހެވެ.

ކޮވިޑް19 ގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް، އެކި ގައުމުތަކުގައި ހަލުވި ކަމާއެކު އަދިވެސް ފެތުރެމުންދާއިރު އެމެރިކާގައި ވެސް މިވޭރިއެންޓް ހަލުވިކަމާ އެކު ފެތުރެމުންދާކަމަށް ޔޫއެސް ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެއެވެ.

ދުނިޔޭގައި ކޮވިޑް19 ފެތުރެންފެށިތާ 191 ދުވަސް ތެރޭ މިބަލީގައި 1 މިލިއަން މީހުން މަރުވެފައިވެއެވެ. އަދި 2 މިލިއަން މީހުން މަރުވާން ނެގީ އެންމެ 115 ދުވަސް ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ވަނީ ބުނެފައެވެ. އަދި ބަލީގައި ދުނިޔޭގެ ހާލަތު ގޯސްވެ މަރުވި މީހުންގެ ޖުމްލަ 3 މިލިއަނަަށް އަރަން ނެގީ އެންމެ 88 ދުވަސް ކަމަށާއި 4 މިލިއަނަށް އަރަން ނެގީ 89 ދުވަސް ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!