ޚަބަރު ސަރުކާރު

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރަކަށް ކުރީގެ މޭޔަރު ސޯބެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ސ.ހިތަދޫ، ކައުސަރު، ޢަބްދުﷲ ޞާދިޤު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

Ads by Hajj Corporation

މިކަމަށް ޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޞާދިޤަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގެ ލިޔުން ހަވާލުކުރައްވައިފައެވެ.

‎ޢަބްދުﷲ ޞާދިޤު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވައިފައެވެ.

‎މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޢަބްދުﷲ ޞާދިޤު ވަނީ އައްޑޫ ސިޓީގެ މޭޔަރުކަން ތިން ދައުރު ފުރިހަމަ ކުރައްވައިފައެވެ.

Ads by Ooredoo
  1. ޢިޒްވީނާ

    ހާދަ ދެރަ ކަމެކޭ މީ ދެން. މަތީ ތައުލީމު ހާސިލްކޮށްގެން އެތައް ތަޖުތިބާއެއް ހޯދާފައި ތިބި މީހުނަށް މިފަހުން އައި ސަރުކާރުތަކުން ވަރަށް އަޅާނުލާ. ކިޔަވައިގެން ތިބި މީހުންގެ ތެރެއިން ވެސް ވަޒީފާތައް ލިބެނީ ސިޔާސީ މީހުންގެ އާއިލާ މީހުނަށް. ދުވަހެއް އަދި އަންނާނެ ޖަވާބުދާރީވާން ޖެހޭ. އެދުވަހަކުން ކީކޭބާ ބުނާނީ