ހއ. ދައްޕަރު ފިއްލަދޫ އިހްތިސޯސުގައި އަލުން ހިމަނަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދައްޕަރުގެ މައްސަލައާ ގުޅޭގޮތުން ކައުންސިލާ މަަޝްވަރާތައް ކުރިއަށް ގެންދެވި ފިއްްލަދޫ ރައްޔިތުން ދެކޭ ގޮތާ ގުޅޭގޮތުން އިކޮނޮމިކް ކައުންްސިލްގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ފިއްލަދޫ އިހުތިސޯސުން ދައްޕަރު ވަކި ކުރުމަށް ފަހު އަނެއްކާ ވެސް ކުރިޔެކޭ އެއްގޮތަށް ބޭއްވުމަށް ރައީސް ނިންމެވީ ފިއްލަދޫ ރައްޔިތުން ބޭނުން ނުވާ ގޮތަކަށް ދައްޕަރުގެ ކަންތައްތައް ގެންދަވަން ބޭނުންފުޅު ނުވާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި “ފިއްލަދޫ ކައުންސިލްގެ އިހުތިސާސުގައި ދައްޕަރު އަނބުރާ ހިމެނުމަށް ރައީސް ސޯލިހު ވަނީ ނިިންމަވައިފައި” ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ވިދާޅުވެފައި ވަނީ ދައްޕަރަކީ ފިއްލަދޫ ރައްޔިތުންގެ ކާބަފައިން އެންމެ ފުރަތަމަ ވަޒަންވެރިވެ ދިރިއުޅުނު ސަރަހައްދު ކަމަށާއި، މިހާރު ވެސް އެކަމަށް ހެކިދޭ ޤަބުރުސްތާނެއް ދައްޕަރުން ފެންނަން އޮންނަ ކަމަށެވެ. އަދި އެ ސަރަހައްދުގައި ކޮންމެ މަޝްރޫޢެއް ހިންގި ނަމަވެސް އެ ތަނުގައި ހުރި އާސާރުތައް ރައްކާތެރިކޮށް ތާރީޚާއި ތަރިކަ ހިމާޔަތްކުރުމަކީ ކައުންސިލުގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
އަޅުގަނޑަށްފެނޭޭ ރައްޔިތުންމަޖިލިސްމެމްބަރުންނަށްް ދެއްވާޚާއްޞަަ އިނާޔައްތައްް މަދުކޮށްލާފަަ ނަމަވެސްް ކުނިއުކުމަކީީ ދައުލަތުންް ފޯރުކޮށްދެއްވާާ ހިލޭޭ ޚިދުމަތަކަށްް ބަދަލުކުރައްވަންް މިހާރުވެސްް މުޅިމާލެެ ސަރަހައްދުކުނިވެއްޖެެ އެދާއިރާއެއްގެެ މެމްބަރަކަށްް އެނަންގަވާާ އެހެނިހެންއިނާޔަތުންއެންމެމަހަކުންއެކަނިވެސްް އެސަރަހައްދެއްގެެ އެއްއަހަރުދުވަހުގެެ ކުނިވެސްއުކޭނެހެންހީވަނީީ