ޚަބަރު އިޖުތިމާޢީ

އަހުސަންގެ މަރު: އަދަބު ކަނޑައެޅުމުގެ އަޑުއެހުން ކެންސަލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަހުސަންގެ މަރުގެ ދައުވާލިބޭ ޝަހުމާއި ޝިމާޒް: ފޮޓޯ ޕޮލިސް

ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ މައްސަލައާ ގުޅިގެން ހައިކޯޓުގައި މިއަދު 14:00އަށް ތާވަލުކޮށްފައި އޮތް އިސްތިއުނާފު މައްސަލައިގެ އަދަބު ކަނޑައެޅުމުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

Ads by Sosun Fihaara

2011 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:20 އެހާކަންހާއިރު މަޖީދީމަގާއި އަލިކިލޭގެފާނުމަގާ ގުޅުނު ކަންމައްޗަށްވީ ހިސާބުގައި އަހުސަން ބަޝީރު ހުއްޓާ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ އަހުސަންގެ މަރުގެ މައްސަލައިގައި މައްސަލައިގެ އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުން ކެންސަލް ކުރީ ކީއްވެކަން ސާފުވެފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާ އުފުލައިފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2014 ވަނަ އަހަރު ކުރި ޙުކުމް އިސްތިއުނާފުކޮށް، ދާދި ފަހުން ހައިކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައިފައެވެ. އެހެންކަމުން 10 ދުވަސް ތެރޭގައި މި މައްސަލައިގެ އަދަބު ކަނޑައަޅައި ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމަންޖެހެއެވެ.

އަހުސަންއަށް ހަމަލާ ދިނީ ޝަހުމް ކަމަށް އޭނާ މަރުވުމުގެ ކުރީން ދެ ތަނެއްގައި ބުނި ކަމަށް ދަށު ކޯޓުގައި ހެކިބަސް ދީފައި ވެއެވެ. އެތަނުން އެއްތަނަކީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ބުނި ބުނުމެވެ. އެހެންކަމުން ހައިކޯޓުން އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިއެވެ. މިއީ މަރުމަތީގައި މީހަކު ބުނި ބަހަކަށް ރިއާޔަތްކޮށް ރާއްޖޭގައި ކުރި ފުރަތަމަ ހުކުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!