ސިޔާސީ

އިންޑިއާގެ ނުފޫޒުފޯރުވުމުގައި ޝާހިދުގެ ދައުރުއޮތް ކަމަށްބުނެ އޭނާގެ ގެކޮޅު ކައިރީ މުޒާހަރާ ކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެކޮޅަށް މިރޭ މާލޭގައި މުޒާހަރާ ކުރަން ފަށައިފިއެވެ. އިދިކޮޅުން، މުޒާހަރާ ކުރަމުން ގެންދަނީ އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރީގައެވެ.

Ads by STELCO

ޝާހިދުގެ ގެކޮޅަށް އެއްވެފައި ތިބި މީހުން ގޮވަމުން ދަނީ ޝާހިދު އިސްތިއުފާ ދެއްވުމަށާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުވުމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، އެކަން ކުރުމުގައި ޝާހިދު އަތެއް އޮތް ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ،

މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައި ވެއެވެ. ފުލުހުން މިހާރު ދަނީ މުޒާހަރާ ރޫޅައިލުމުގެ މަސައްކަތް ކުރަމުންނެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. ޝާހިދު ރާއްޖެ ވަޑައިގަތުމާއެކު އޭނާގެ ގެކޮޅުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

އަބްދުﷲ ޝާހިދަށް ސަރުކާރުން ވަނީ، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަޤަބު ވެސް މިރޭ އަރުވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!