އަޅުގަނޑަށް މިހާ އަވަހަށް ރާއްޖެއަށް އާދެވުމުން ދިވެހި ރައްޔިތުން ތިބީ އިންތިހާއަށް އުފާވެފައި: ޝާހިދު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ދައުވަތާ އެކު ރާއްޖެއަށް އަވަހަށް ވަޑައިގެންނެވުމުން ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ އުފަލުން ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށަމާ" ޕްރޮގުރާމުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޝާހިދު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަމިއްލަފުޅު ގައުމަށް ރަސްމީ ޒިޔާރަތެއް ކުރެއްވެވެމުން، ވަރަށް ތަފާތު އިހުސާސެސް ކުރެވުނު ކަމަށެވެ. އަދި އދ. ތަމްސީލުކުރާ އެންމެ އިސް މީހެއްގެ ގޮތުގަ ލޮބުވެރި ވަތަނަށް އަދި އެމަނިކުފާނުގެ އުފަން ފަސްގަނޑަށް ޤައުމީ ދުވަހު ޒިޔާރަތްކޮށްލަން ލިބުނު ކަމީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ޒިޔާރަތުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ, ރައީސް ސާލިހް އެކަން ވަރަށް ޝަރަފްވެރިކަމާ އެކު ބަލައިގެންނެވި ކަމަށާއި "ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނު" ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙު އެމަނިކުފާނަށް ދެއްވި ދައުވަތާ ގުޅިގެން މިހާ އަވަހަށް ރާއްޖެއަށް ވަޑައިގެންނެވުމުން ދިވެހި ރައްޔިތުން އިންތިހާއަށް އުފާވެފައި ތިބިކަން ފެނުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖެ ދަރުވާލާފަ ތި ގޮޑި ހޯދީމަ ދިވެހި އެއްވެސް ރައްޔިތަކު ފަހުރުވެރިއެއް ނުވޭ.
ކިޔަން އޮތް އެތި ބޮޑުކަމުން މިފަހަރު ހިތު ތެރޭ ބާއްވާލީ….
ދިވެހިންތިބީ ތިބޭފުޅާ ޤާނޫނު އަސާސީއާއި ހިލާފަށް ދެ މަޤާމު ފުރާތީ ވަރަށް ރުޅިއައިސްފަ ހިންހަމަ ނުޖެހިފަ ނުންތޯ އެކަން ފެނުނު ނުންތޯ ؟