އޭޝިއާ ދުނިޔެ

ޗާޓަރު ފުލައިޓުގައި ދާ ފަތުރުވެރިންނަށް އިންޑިއާ ހުޅުވައިލަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗާޓަރު ފުލައިޓްތަކުގައި އިންޑިއާއަށް އެތެރެވާ ފަތުރުވެރިންނަށް އެ ގައުމު ހުޅުވައިލާނެކަމަށް އެ ގައުމުން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ނޫހެއްކަމުގައިވާ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާގޮތުން މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗާޓަރު ފުލައިޓްތަކުގައި ދާ ފަތުރުވެރިންނަށް ވިސާ ދޫކުރަން ފަށާއިރު ޗާޓަރު ފްލައިޓް ތަކުން ނޫން ގޮތަށް އެގައުމަށް އެތެރެވާ ފަތުރުވެރިންނަށް އެގައުމަށް ވަދެވޭނީ އަންނަ ނޮވެމްބަރު މަހުގެ 15ގެ ފަހުންނެވެ.

"އެމްއެޗްއޭއިން ނިންމައިފައި ވަނީ ޗާޓަރު ފްލައިޓްތަކުގައި އިންޑިއާއަށް އެތެރެވާ ފަތުރުވެރިންނަށް އޮކްޓޯބަރު މަހުގެ 15އިން ފެށިގެން ވިސާ ދޫކުރުމަށް. އަދި ޗާޓަރު ފްލައިޓް ނޫން ގޮތްގޮތަށް އިންޑިއާއަށް އެތެރެވާ ފަތުރުވެރިންނަށް ވިސާ ދޫކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 15އިން ފެށިގެން" އިންޑިއާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުން ބުނާގޮތުގައި މި ނިންމުން ނިންމައިފައި ވަނީ އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކުގެ މަންދޫބުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އިސް ފަރާތްތަކުގެ މަޝްވަރާ ވެސް ބޯޑަރު ހުޅުވާލުމަށް ލިބިގެން ދިއުމާ ގުޅިގެންނެވެ.

ފަތުރުވެރިންނަށް އިންޑިއާ ހުޅުވައިލި ނަމަވެސް އިންޑިއާއަށް ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިން ވެސް، އެ ގައުމުގެ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ އުސޫލުތަކަށް ވެސް ފުރިހަމަޔަށް ތަބާވާން ޖެހޭނެ ކަމަށް އިންޑިއާއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!