ޚަބަރު

މިރޭ އިތުރު 1000 ޓިކެޓް ވިއްކަނީ، 2،500 ކުރިން އޮތީ ޚާއްސަ ކުރެވިފައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއާއި ސްރީ ލަންކާ ކުޅޭ މެޗަށް އިތުރު 1000 ޓިކެޓް ވިއްކުމަށް ނިންމައިފިއެވެ. އެފްއޭއެމްއިން މި ގޮތަށް ނިންމައިފައި ވަނީ މެޗުގެ ޓިކެޓްތައް ހުސްވެ، މައްސަލަ ވަރަށް ހޫނުވެފައި ވަނިކޮށެވެ.

Ads by Sosun Fihaara

އެފްއޭއެމުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ވިއްކުމަށް ނިންމައިފައި ވަނީ، އެފްއޭއެމްގެ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން 1000 ޓިކެޓް އާންމުންނަށް ވިއްކަން ނިންމައިފައިވާ ކަމަށެވެ. މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00ގައި ސޯޝަލް ސެންޓަރުގައެވެ.

މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ފަތިހުންސުރެ ގިނަ ބަޔަކު ކިއު ހަދައިގެން ތިބިއިރު، ޓިކެޓް ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވެ، އެސަރަހައްދުގައި ބަޔަކު މުޒާހަރާކޮށްފައިވެއެވެ. އަދި ދަނޑު ތެރެއަށް ވަދެގަނެ، ޓިކެޓް ވިއްކު ގޮތުގެ ރިކޯޑްވެސް ބައެއް މީހުން ބެލިއެވެ.

ތަފްސީލް އަންނަނީ..

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!