ޚަބަރު ސަރުކާރު

ވިއްސާރައާ އެކު މާލޭގެ މަގުތަކުގައި ހެދޭ ފެންގަނޑު ބިމު އަޑީގައި ރައްކާ ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ރާއްޖެއެމްވީ

މާލޭގައި ފެންބޮޑުވާ ހިސާބުތައް ހޯދައި، ފެންބޮޑުވާ މިންވަރު އެކި ކަހަލަ ސާރވޭތައް ހަދައި، މި ފެން ބިމު އަޑީގައި ރައްކާ ކުރުމަށް ޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިންކުރާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

Ads by STELCO

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ވާރލްޑް ބޭންކުން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން ޑިވެލޮޕް ޑިޒައިން އެންޑް ޕްރިޕެރޭޝަން އޮފް ޓެންޑަރ ޑޮކިއުމަންޓްސް ފޯ މާލެ ސްޓޯމްވޯޓަރ މެނޭޖްމަންޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެ ކަމަށެވެ. އަދި މިކަމަށް ހުށައަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިދާއިރާއިން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން އާބާދީ ބޮޑު އަދި ތޮއްޖެހިފައިވާ ސިޓީތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ކީ އެކްސްޕާރޓްސް ލިބެން ހުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!