އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އިސްވެތިބެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ސޮއިކުރި މައްސަލައިގައި ރައީސް ނަޝީދު ނުރުހޭތީ ޕެޓިޝަނުން ނަން ނަންގަވައިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޕެޓިޝަންގައި ސޮއި ކުރި ކުރުމަށް އެމްޑީޕީ ސެކްރެޓޭރިއެޓުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް ދާއިރާގެ އެމްޕީ (ޕާޓީގެ ރައީސް) މުހައްމަދު ނަޝީދު ނުރުހިވަޑައިގަންނަވާ ކަމަށެވެ.
"އިންޑިއާ އައުޓް" ޕެޓިޝަނުގައި ޒަމީރު ސޮއި ކުރެއްވުމުން އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާއިން ވަނީ އެކަން ކުށްވެރިކޮށް ނޫސް ބަޔާނެއް ވެސް ނެރެފައެވެ.
އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ ސިޔާސީ ހަރަކާތެއް ކަމުގައިވާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މައްޗަންގޮޅި
މެދު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކޮށް ހޮވި ވަޑައިގެންފައިވާ މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ސޮއިކުރުން އެއީ އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން އެމީހުން ހިންގާ ހަރަކާތަށް ބާރު ލިބޭގޮތަށް ކޮށްފައިވާ އަމަލެއްކަމުގައި ދެކޭ ކަމަށެވެ.
ފިނޑިއެއް ދޯ.އަންނިގެ ޕަޕެޓް ގަނޑަކަށް ވެގެން ކަލޭ ހުރޭ.
އަމިއްލަ އައުރައަށްވެސް އަމިއްލަ ބާރެއްނެތް ބޮޑު ފިނޑިއެއް..
މީނައަށް މި ގައުމުގެ އަގު ދަށް ނަޝީދަށްވުރެ! ޗީޗީ ލަދެއްނުގަނޭނު. ކޮންތާކު ބީތާ ބަޔަކު ވޯޓު ދިން ގޮލައެއް.
ޑިމޮކްރެޓިކްޕާޓީވީމަަ މާބޮޑަށްް ޑިމޮކްރެޓިކްް ވެފަަ އެތިބީީ އެމީހުންނަށްް ޑިމޮކްރެޓިކްް ހަމަހަމަަ ހުރިހާގިންތިި ލާމަރުކަޒީީ އިންސާފުު ލޯތްބާއެކުު ޒީރޯޓޮލަރަންސްް އެންމެންގެހަމަހަމަކަންް އެއްވެސްމީހަކުބާކީނުކުރާނެެ ހުސްނުވާއާސަންދަަ ފަދަަ ޢިބާރާތްތަކަކީި ހަމައެކަނިި މުޢާމަލާތްތަކުގައިި ބޭނުންކުރާާ ޢިބާރާތްތައްް އެމީހުންހުންގެެ އުފަލާއިި ހިތްހަމަޖެހުމަށާއިި އެމީހުންގެެ ފައިދާއަށްކުރަންް ބޭނުންވެއްޖެެ ކޮންމެކަމެސްް އޯކޭތަންް ފެންނަނީީ މީީ މިއަދުގެެ ހަމަޔާާ އަދުލާއިި އިންސާފުު ނިކަމެތިމީހާއަށްް މިކަމެތިކަމާއިި ގެއްލުންް ބޮޑުންނަށްް އުފަލާއިި އަރާމާއިި އެންމެމޮޅެތިި ގޮތާއިި ކަން
އޯކޭ
އަންނިނުރުހެކަމެއްކޮއްފިވިއްޔަ ކަލެޔައްސުވަރުގެވެސްނުދެވިދަނެ ދޮ