ޚަބަރު ސަރުކާރު

ނަމާލް ރާޖަޕަކްސާ، ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ޝްރީ ލަންކާ މިއަދު ހަވީރު ކުޅޭ މެޗު ބައްލަވައިލެއްވުމަށް ރާއްޖެ ވަޑައިގެންނެވި އެ ޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަަރިހަށް ޒިޔާރަތެއް ކުރައްވަައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލެއްވުމުން ޝުކުރު އަދާކުރައްވައި ދެ ޤައުމުގެ މެދު އޮންނަ ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ކޮވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައިވާ ކަމަށާއި ރާއްޖޭގެ ކޮވިޑްގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ އެކު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ސާފް ޗެމްޕިއަންޝިޕް 2021ގައި، މިއަދު މެންދުރުފަހުން ކުޅެން ހަމަޖެހިފައިވާ ދިވެހިރާއްޖެއާ ސްރީލަންކާގެ މެޗާ މެދު ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށާއި މިނިސްޓަރ ވަނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!