އޭޝިއާ ދުނިޔެ

ޕާކިސްތާނުގެ ނިއުކުލިއާ ޕްރޮގްރާމްގެ "ބައްޕަ" އަވަހާރަވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ "ބައްޕަ"ކަމުގައިވާ އަބްދުލް ގަދީރް ހާން، އުމުރުން 85 އަހަރުގައި އަވަހާރަވެއްޖެއެވެ.

Ads by WAMCO

ޕާކިސްތާނުގެ އެޓޮމެޓިކް ސައިންޓިސްޓެއް ކަމުގައިވާ އަބްދުލްގަދީރަކީ ޕާކިސްތާނުގެ ނޭޝަނަލް "ހީރޯ"އެކެވެ. އޭނާ މަރުވެފައި ވަނީ ފުއްޕާމޭގެ މައްސަލައަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވެފައިވާ ހޮސްޕިޓަލުގައި މިދިޔަ އޮގަސްޓް މަހު އޭނާ ވަނީ ކޮވިޑް-19 ޖެހިގެން އެޑްމިޓްކޮށް ފަރުވާ ދީފައެވެ.

ގަދީރްގެ މަރާއެކު ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރ ޝެއިހް ރާޝިދް އަހުމަދު ވަނީ ގަދީރުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކުއްލި ބައްދަލުވުމަކަށް ކިޔައިފައެވެ. އަދި އޭނާގެ މަރާ އެކު ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވަނީ ގަދީރްގެ މަރާއެކު ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިއާ ކިޔުއްވައިފައެވެ.

ގަދީރަކީ ޕާކިސްތާނުގައި ހީރޯއެއް ނަމަވެސް އޭނާގެ މައްޗަށް ވަނީ ޕާކިސްތާނުގެ ނިއުކުލިއާ ޕްރޮގްރާމްގެ މައުލޫމާތުތައް އީރާނާއި ލީބިޔާ އަދި އުތުރު ކޮރެއާއާ ހިއްސާ ކުރިކަމުގެ މައްސަލައިގައި ހައްޔަރުކޮށް އަދަބު ދީފައެވެ. އެހެން ނަމަވެސް ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް ވަނީ އޭނާގެ ހައްޔަރުގެ އަދަބު ލުއިކޮށްދީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި މި ހުކުމް ނިމުމަށް ގެނެސް އޭނާ މިނިވަން ކޮށްފައިވަނީ 2009ވަނަ އަހަރުއެވެ. އެހެން ނަމަވެސް އޭނާގެ ހުރިހާ ހަރަކާތެއް ސަރުކާރުން ދިޔައީ ގާތުން ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!