ދުނިޔެ

ކޮވިޑް އޮސްޓްރޭލިއާ: 107 ދުވަހުގެ ފުރަބަންދުގެ ނިމުން ސިޑްނީން ފާހަގަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ފުރަބަންދު ކުރިތާ 107 ދުވަސް ފަހުން ސިޑްނީ އާންމު ހާލަތަށް ގެނެސްފިއެވެ.

Ads by Sosun Fihaara

ދިގު މުއްދަތަކަށް ފުރަބަންދު ކުރުމަށް ފަހު އާންމު ހާލަތަށް އެ ސިޓީ ގެނައުމުން، އެކަމުގެ އުފާ ފާޅު ކުރުމަށް އެތައް ބަޔަކު ވަނީ ޕަބްތަކާއި ފިހާރަތައް ކައިރީގައި މިއަދު ކިޔު ހަދައި ފުރައިލިއެވެ.

އޭގެ އިތުރުން އެހެން މީހުން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި، އެމީހުންގެ އާއިލާތަކަށް ޒިޔާރަތް ކުރަން ފަށައިފައެވެ.

ކޮވިޑާ ގުޅިގެން އޮސްޓްރޭލިއާގައި އެޅި ޚާއްސަ ފިޔަވަޅުތަކުގައި ވަނީ އެމީހަކު ދިރިއުޅޭ ތަނަކާ ގިނަ ވެގެން 5 ކިލޯމީޓަރަށް ވުރެ ދުރަށް ދިޔުން މަނާ ކޮށްފައެވެ. ނަމަވެސް ފުރަބަންދުގެ ދުވަސްތަކުގައި ވެސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ވަނީ ލުއި ދީފައެވެ.

ސިޑްނީގެ ކޮވިޑްގެ ހާލަތަށް ދިން މި ލުޔާއެކު އެ ޤައުމުގެ މީހުންނަށް މިހާރު ކެފޭތަކާއި ރެސްޓޯރަންޓުތަކަށް ދެވުމުގެ އިތުރުން ހުރަހެއް ނެތި ބޭރު ތެރޭގައި ވެސް އުޅެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!