ޚަބަރު ސަރުކާރު

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވަން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާ ގޮތުގައު މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންވުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހުގެ ވަގުތެއްގައެވެ.

މެއި މަހު ދިން ހަމަލާއަށް ފަހު، ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވާތާ މިހާރު 5 މަސް ވަނީ ވެފައެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ރާއްޖެ އައުން ލަސްކޮށްފައިވާކަމަށް އެމަނިކުފާނު ވަނީ ފަހުން ވިދާޅުވެފައެވެ.

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް މިހާރު ވަނީ ފަށައިފައެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. ޖާނޭ

    ކޮބާ. ބަރުލަމާނީ ނުހިގައިގެން ހިތަށް ކެތްނުވީ ދޯ! ޕަކާސް! ޖެހިފޮޑި ފިނދަށް!