ކުޅިވަރު ފުޓްބޯޅަ

ޓިކެޓު ވިއްކުމުގައި ކޮރަޕްޝަން ހިންގައިފައެއް ނުވާނެ: ބައްސާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް/ ފޮޓޯ: ސަން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކުމުގައި ކޮރަޕްޝަން ހިންގައިފައި ނުވާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މި މަހުގެ 7 ވަަނަ ދުވަހު ރާއްޖެއާއި ޝްރީ ލަންކާ ބައްދަލު ކުރި މެޗުގެ ޓިކެޓު ވިއްކުމުގައި އެފްއޭއެމްއިން މަކަރު ހެދި ކަމަށާއި ޓިކެޓު ވިއްކުމުގައި ކޮރަޕްޝަން ހިންގި ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ދުވަހު 5000 ޓިކެޓު އެއްކޮށް ވިކި ހުސްވި ކަމަށް އެފްއޭއެމްއިން ބުނުމުން، އެކަމާ ނުރުހުން ފާޅުކޮށް އާންމުން ވަނީ އެ ދުވަހު އިހުތިޖާޖު ކޮށްފައެވެ.

މިމަހުގެ 13 ވާ ބުދަ ދުވަހު އޮންނަ މެޗަށް މާދަމާ ޓިކެޓު ވިއްކާ ގޮތާ މެދު މައުލޫމާތު ދެއްވަން ޔޫތު މިނިސްޓަރު އަޙުމަދު މަޙްލޫފާއި ބައްސާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ، ގަލޮޅު ދަނޑުގައި ޖާގަ ވަރަށް ކުޑަކަން ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށާއި އާއްމު އުސޫލެއްގެ ގޮތުން ކުޅުންތެރިންނަށާއި ސްޕޮންސަރުންނަށް ޓިކެޓް ދޫކުރާ ކަމަށެވެ.

"ކުރިން ދުވަހު ކަންތައްވީ ގޮތުން އަޅުގަނޑުމެން ސްޕޮންސަރުންނާއި ކުޅުންތެރިންނާ މަޝްވަރާ ކުރުމަށް ފަހު، ކުޅުންތެރިން ވެސް ސްޕޮންސަރުން ވެސް މިވަނީ އާއްމުންނަށް ޓިކެޓް ވިއްކާވަރު އިތުރުކޮށް، އެ ބޭފުޅުންނަށް ލިބޭ އެލޮކޭޝަންތައް ވެސް މަދުކުރުމަށް ނިންމައިފަ،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ޓިކެޓް ވިއްކަން ލިބޭ އަދަދުތަކަށް ބަލާއިރު ކޮރަޕްޝަން ހިންގޭނެ ޖާގައެއް ނޯންނަ ކަމަށާއި ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިންގައިފައި ވެސް ނުވާނެ ކަމަށެވެ.

  1. ށުންބާގެ ބެސްޓީ

    ޢެހެންވެ ތަ ވީއައިޕީ ޓިކެޓް ވިއްކާނީ ބުލެކް މާކެޓްގަ