ކުޅިވަރު ފުޓްބޯޅަ

"ފުރަތަމަ ޓިކެޓު ގަތީ 18 ގަޑިއިރު ކުރިން ކިޔުގައި ޖެހުނު ހިތްވަރުގަދަ ސަޕޯޓަރެއް"

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ދެން އިމޭޖްސް/އަޙްމަދު ނަސީޙް

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ ރާއްޖެއާއި އިންޑިޔާ ބައްދަލު ކުރާ މެޗުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

Ads by MWSC

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓިކެޓު ވިއްކުން ފެށިއްޖެކަމަށާއި ފުރަތަމަ ޓިކެޓު ގަތީ 18 ގަޑިއިރު ކުރިން ކިޔުގައި ޖެހުނު ހިތްވަރުގަދަ ސަޕޯޓަރެއްކަމަށެވެ.

"ޓިކެޓު ވިއްކުން ފެށިއްޖެ. ފުރަތަމަ ޓިކެޓު ގަތީ 18 ގަޑިއިރު ކުރިން ކިޔުގަ ޖެހުނު ހިތްވަރުގަދަ ސަޕޯޓަރެއް. ވިދާޅުވީ ޔަގީންކޮށް ޓިކެޓު ލިބޭނަމަ ކިތަންމެ އިރެއް ވިޔަސް ހެޔޮކަމަށް." މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވެއެވެ.

ކިޔޫ ހަދަން ފެށޭނީ މިއަދު ހެނދުނު 9:30ގައި ކަމަށް ޔޫތު މިނިސްޓްރީން އަންގައިފައި ވީ ނަމަވެސް ރޭ ވަނީ ޝޯޝަލް ސެންޓަރުގައި ކިޔު ދަމައިލާފައެވެ. އަދި މިކިއު ހެނދުނު ވަނީ އައިޖީއެމް ހޮސްޕިޓަލާ ހަމައަށް ދެމިގެން ގޮސްފައެވެ.

ސާފް ޗެމްޕިއަން ޝިޕުގެ މެޗްތަކަށް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައި ވަނީ 3000 ޓިކެޓެވެ. ކޮވިޑާ ގުޅިގެން ގަލޮޅު ދަނޑުގެ މިހާރުގެ ކެޕޭސިޓީއަކީ 5000 މީހުންނެވެ.

މާދަމާރޭ ރާއްޖެއާއި އިންޑިޔާ ބައްދަލު ކުރާ މެޗަކީ ދެ ގައުމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. މުބާރާތުގެ ފައިނަލަށް ދިޔުމަށް ރާއްޖެ އިންޑިޔާ އަތުން ބަލި ނުވެ ހިފަހައްޓާލަން ޖެހޭ އިރު އިންޑިޔާއަށް ފައިނަލަށް ދެވޭނީ ރާއްޖެ އަތުން މޮޅުވެގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!