ޚަބަރު

އެޗްއާރުސީއެމްގެ ރައީސްއަކަށް މުނާ، ނައިބު ރައީސަކަށް އަދުހަމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި، ނައިބު ރައީސް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑު ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

Ads by STELCO

އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވައިފައި ވަނީ މަރިޔަމް މުނާގެ ނަންފުޅެވެ. ނައިބު ރައީސްކަމަށް އައްޔަން ކުރެއްވުމަށް ފޮނުއްވީ ޑރ.އަހުމަދު އަދުހަމްގެ ނަންފުޅެވެ.

އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަން ކުރުމަށް ފޮނުވުނު މުނާ ވަނީ 2012 އޯގަސްޓްއިން 2014 އޮގަސްޓް 26އާ ހަމައަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވައިފައެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން ވެސް އޭނާ އަދާކުރައްވައިފައިވެއެވެ.

މުނާއަކީ އޮސްޓްރޭލިއާގެ އެޑިތު ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފައިވާ ކަނބަލެކެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވައިފައެވެ.

ޑރ.އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވައިފައި ވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. ޑޮކްޓަރ އަޙްމަދު އަދުހަމް ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވައިފައެވެ.

މީގެ އިތުރުން އެ މަނިކުފާނަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވައިފައިވާ ބޭފުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!