ޚަބަރު

ރައީސް ޞާލިހާއި ނަޝީދު ވަނީ ގައުމަށް ޣައްދާރުވެފައި، ވެރިކަން ނިމުމަކަށް ގެންނަންޖެހޭ: ޑރ.ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހި ގައުމަށް ޣައްދާރުވެފައި ކަމަށާއި މި ވެރިކަން ނިމުމަކަށް ގެންނަން ޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމަކުން މިނިވަންކަމަށް ނުރައްކާވާ ކަމަށާއި ޖީއެމްއާރަށް އެއާޕޯޓް ވިއްކައި ރައްޔިތުންނަށް އަނިޔާދިން ރައީސް ޞާލިޙާއި ރައީސް ނަޝީދު މިއަދު ގައުމަށް ޣައްދާރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ބޭރު ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށާއި “އެފަދަ ވެރިކަމެއް ވެސް ނިންމަންޖެހޭ” ކަމަށެވެ.

މީގެ އިތުރުން ޖަމީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ސަރުކަރުން ގެންގުޅެނީ އަޖައިބެއް ފަދަ ޕޮލިސީއެއް ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު ދޮވެ ސާފުކުރަނީ ސަސްޕެންޝަނުން ކަމަށެވެ. އަދި ޤާނޫނު ހިންގުމުގައި ރައީސް ނުރަނގަޅު ނުފޫޒު ފޯރުވާކަމަށް ވެސް ޖަމީލް ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. ށަވިޔަނި

    ޑރ.ޖަމީލު ވާހަކަފުޅު ދައްކަވާނީ ހަމަ ޙަޤީޤަތަށް. ޝުުކުރިއްޔާ. ކުރީގެނައިބު ރައީސް

  2. ޢަވާމެނދުރު

    ގެންނާނީކޮންބައެތް މިގައުމުގެ ހަތަރުބާކޮން ތިންބަޔަކީކޯލިސަން ކޯލިސަންއޮތީ ކޯމާގަ ކޯމާއައްވުރެވެސް.ހާލުބޮޑު ގައުމާދީން ކަރުނައަޅާރޮނީއެހޯތެރިކަމުގެ އަތެއްދިންކޮންލާތޯ ވޭންއަޅާފަދަހާލަތެއްގާ ކެތްތެރިވޭގައުމު ތިބާގެވެރިފަރާތް ތިބާބާކީެެތް ނުކުރައްވާނެ