ޚަބަރު އިޖުތިމާޢީ

ގޭގައި ރޯވި އަލިފާންގަނޑު އަވަހަށް ނިއްވައިލުމުން ރޮޒައިނާގެ ޝުކުރު ފުލުހުންނާއިސިފައިންނަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރޮޒައިނާ އާދަމް -- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދިރިއުޅުއްވާ ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަށް ސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން "ރެސްޕޯންސް" ކުރިލެއް އަވަސް ކަމުންނާއި ގޭގައި ރޯވި އަލިފާންގަނޑު ނިންވާލިލެއް އަވަސް ކަމުން އޭނާ، ފުލުހުންނާއި ސިފައިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Hajj Corporation

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ގޭގައި ރޯވި އަލިފާންގަނޑު އަވަހަށް ނިއްވައި ނުލެވުނު ނަމަ ކަންތައް ވެގެންދާނެ ގޮތް ވިސްނާލަން ވެސް ނޭނގޭކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފް، ޕޮލިސް އަދި ފަޔަރގެ ބޭފުޅުން ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން. އެބޭފުޅުންގެ ހަލުވި ރެސްޕޯންސްގެ ސަބަބުން ނޫން ނަމަ މިއަދު ކަންތައް ވެގެން ދާނެ ގޮތް ވިސްނާލަން ވެސް ނޭނގޭ" ރޮޒައިނާ ވިދާޅުވިއެވެ.

ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގެ ތިންވަަނަ ފަންގިިފިލާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަވީރު 5:09 ހާއިރު އަލިފާންގަނޑު ނިއްވައިލެވިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!