ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ: ހެލްތު މިނިސްޓްރީ
އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ އެމްބިއުލަންސްތައް ކުރިއަށް 3 ދުވަސް ތެރޭގައި ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން ހދ. މަކުނުދޫގައި ބަލިމީހުން ބަރޯއަށް ލައިގެން ސިއްހީ މަރުކަޒަށްގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ފެތުރި ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށެވެ.
ހެލްތު މިނިސްޓްްރީން ވިދާޅުވީ އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް އެމްބިއުލާންސްތަައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
"އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ (20 ވިހި) އެމްބިއުލަންސްގެ ފުރަތަމަ ޝިޕްމަންޓް، އިދާރީގޮތުން ފުރިހަމަކުރަންޖެ ހޭ ކަންކަން ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުން. ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ" ހެލްތު މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސްގެ ދަތިކަން ކުރިމަތިވެފައިވާއިރު ރޭ ޝޯޝަލް މީޑިޔާގައި ވަނީ ހދ. މަކުނުދޫގައި ބަރޯއަށް ލައިގެން ބަލި މީހުން ސިއްހީ މަރުކަޒަށް ގެންދިޔަ ފޮޓޯތަކެއް ދައުރުވާން ފަށައިފައެވެ.
މިކަމާބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެރަށުގައި އޮންނަނީ ވަރަށް ގިނަ ދުވަސްވީ އެމްބިއުލާންސްއެއް ކަމަށާއި އެ އެމްބިއުލާންސް ވަރަށް ގިނައިން މައްސަލަ ޖެހޭ ކަމަށެވެ. އެހެންކަމުން އެރަށުގައި ބަލި މީހުން ބަރޯއަށް ލައިގެން އުފުލުމަކީ އާއްމުކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއާއެކު މުޅިން އައު އެމްބިއުލާންސެއް މަކުނޫދޫއަށް ފޮނުވަން ހަމަޖެހިފައިވާކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ވިދާޅުވެފައެވެ. އަދި މިފަހަރު ރަށްރަށަށް ފޮނުވާ އެމްބިއުލާންސްތަކުގެ ތެރޭގައި މަކުނުދޫއަށް އެމްބިއުލާންސް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިތަށްމެ އަގުބޮޑު އެންބީލާސް ފޮނުވިދާނެ …
ފުރިހަމަގޮތުގާ ބޭނުންނުކުރެވިހަލާކުވެދަނީ..
ތިކޮންމެރަސަކުވެސް އެންބީލާސްއެބައޮތް…
ހަލާކުވަނީ ފުރިހަމަގޮތުގާބޭނުންނުކުރެވޭތީ..
ކަމެއްނެތިއްޔާ އިސްޓާޓުވެސްކޮއްނުލާނެ…
ބަލާވެސްނުލާނެ ޑުރާވަރުންތިބޭނެ …
ރަސުތެރޭގަފޮނިކަޑަންއުޅޭނީ…