ޚަބަރު ސަރުކާރު

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް އެކުލަވާލި ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސަރުކާރުން އެކުލަވާލި އުސޫލުގެ ދަށުން، ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

ހެލްތު މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނީ ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ކަނޑައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުޞޫލު "ގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ލިންކުވެސް ހިއްސާކޮށްފައެވެ.

ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ލިންކު: https://forms.gle/pbCXfNg9tqqBW5CS9

މި ދަފުތަރުގައި ރަޖިސްޓަރީވުމުގެ ސުންގަޑި އަކީ 31 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 23:59 ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުޞޫލާއިގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެ މިނިސްޓްރީގެ ނަންބަރު، 3014407، އަދި ،3014408، ނުވަތަ 3014409 އާއި ގުޅައިގެން މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!