ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މަދުކަން ފަހުމްވީ ވެރިކަމުގައި 3 އަހަރު ނިމުނު ފަހުން: މަލީހު

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މަދުކަން ސަރުކާރަށް ފަހުމްވެފައި ވަނީ ވެރިކަމުގެ ތިން އަހަރު ނިމުނު ފަހުންކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވީ ނަމަވެސް އެ ދާއިރާގެ މަތީ ފަންތީގައި ދިވެހިން ތިބީ ނިސްބަތުން މަދުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވުމާ ގުޅިގެންނެވެ.
މަލީހް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ޒުވާނުން މަދުކަން ތިން އަހަރު ފާއިތުވަމުންދާއިރު އެނގުނުކަމީ ހައިރާންވާ ކަމެއްކަމަށެވެ.
ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަޤާމުތަކަށް މީހުން ތަމްރީނުކުރުމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކަށް ގޮވައިލައްވައިފައެވެ.
އަދި މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތަޢުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށް ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ޓޫޓީގަަ ރޮކެޓްް ދުއްވަނީީ އަނެއްދިމާލަށް
ދެންމޮޅު ސުރުހީ އަޅައަޅާ ހުރޭ މިނިސްޓަރު ކަމެއްނުލިބޭނެ