ޚަބަރު ސަރުކާރު

ރައްޔިތުން މިސަރުކާރަށް ކުރާ އުންމީދު ބޮޑު: ކުޅުދުއްފުށީ މޭޔަރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ/އާތިފް ޓްވިޓާ

ޒުވާނުންގެ ދުވަހު ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރާއީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ބޯހިޔާވެހިކަމުގެ އުންމީދީ ޚަބަރު ކަމަށާއި ރައްޔިތުން މިސަރުކާރަށް ކުރާ އުންމީދު ބޮޑުކަމަށް ކުޅުދުއްފުށީ މޭޔަރު އަހުމަދު އާތިފު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ކުޅުދުއްފުށީގައި ހައުސިން ޔުނިޓުތަކެއް އަޅާނެކަމުގެ އުއްމީދީ ޚަބަރު ދެއްވައިފައެވެ.

"ޒުވާނުންގެ ދުވަހު ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރާއީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ބޯހިޔާވެހިކަމުގެ އުންމީދީ ޚަބަރު! ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް!ރައްޔިތުން މިސަރުކާރަށް ކުރާ އުންމީދު ބޮޑު" އާތިފު ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ 2022ވަނަ އަހަރުގެ ބަޖެޓުން ކުޅުދުއްފުއްޓަށް 400 ހައުސިން ޔުނިޓް ރިޒާރވް ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ކުޅުދުއްފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ އަގުގެ މަޝްވަރާތައް ނިމުމަކާ ހިސާބަށް އައިސްފައިވާކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ އާތިފް ވަނީ ކުޅުދުއްފުށި ސިޓީގައި ޒުވާނުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން އެސިޓީގައި ބޯހިޔާވަހި ކަމެއް ނުލިބިފައިވާ 1200 އާއިލާ އެބަ އޮތްކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ރަައްޖެމީހާ

    މިސަރުކާރަށްް ރައްޔިތުންް ކުރާއުއްމީދުު ބޮޑުު ސަރުކާރުންް ރައްޔިތުންނަށްް ދެއްވާާ އަހައްމިއްޔަތުު ސުމެއްް

  2. ރައްޔިތުމީހާ

    ރައްޔިތުންމިސަރުކާރައްކުރާާ އުމީދުބޮޑުު މިސަރުކާރުންރައްޔިތުންނަށްދެނީީ ދޯކާާ މީސަރުކާރެއްނޫންް މީސަކަރާތެއްް