ޚަބަރު ސަރުކާރު

ރައީސްގެ ދެކަނބަލުން ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.

Ads by Sosun Fihaara

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅުދައްކަވައިފައެވެ. އަދި އެމަނުކުފާނު ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވެސް ވާހަކަފުޅު ދައްކަވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ވަޑައިގެންނެވީ ދިވެހިރާއްޖެއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މާދަމާ ދުބާއީއިން ސީދާ ފުރާވަޑައިގަންނަވަނީ، ކުރިއަށް އޮތް ނޮވެންބަރު މަހު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ 2020އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ. މި އިވެންޓް މިފަހަރު ކުރިއަށް ގެންދަނީ 1 އޮކްޓޫބަރު 2021އިން 31 މާރިޗް 2022އަށް ދުބާއީގައެވެ. މި އެކްސްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 20 އޮކްޓޫބަރު 2020 އިން 10 އެޕްރީލް 2021 އަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން މި އެކްސްޕޯ ކުރިއަށްގެންދިއުން ލަސްކުރެވުނީއެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ 2020 ދުބާއީގެ ޝިއާރަކީ 'ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ' އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance
  1. ބޮޑުވަޒީރު

    ދައުރުނިމުމުގެެ ކުރިންް ދައުލަތުގެެ ޚަރަދުގަަ މުޅިދުނިޔޭގަަ ހޮލިޑޭހަދަންވާނެެ ތީވަރުގަދަަ ރައީސެއް