ހަތަރު އަހަރުގެ ކުއްޖަކާ ބެހުނުކަމަށް ބުނާ ބޮޑުބޭބެ 20 އަހަރަށް ޖަލަށް
އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އެ ކުއްޖާގެ ބޮޑުބޭބެ 20 އަހަރަށް ޖަލަށް ލާން ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ދެހާސް ފަނަރަ ވަނަ (2015) ވަނަ އަހަރު ހުށަހެޅި މި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އެ އަހަރުގެ މެއި މަހުގެ 25ގެ ކުރިން އެކި ދުވަސް މަތިން ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދު އޭނާގެ އެއްބަނޑު ކޮއްކޮގެ ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށެވެ. މި މައްސަލައިގަައި ދައުލަތުން އޭނާގެ މައްޗަށް އުފުލައިފައި ވަނީ އާއިލާގެ މެމްބަރަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ހެކިތަކެއް ހުށަހަޅައިފައެވެ. އެގޮތުން އެކުއްޖާއާ މެދު ކަންހިނގައިފައިވާ ގޮތް އެ ކުއްޖާގެ ދުލުން ކިޔައިދީފައިވާ މީހުންގެ ހެކިބަހާއި އަދި ކުއްޖާގެ މެޑީކޯ ލީގަލް ރިޕޯޓާއި ސައިކޮލޮޖީ ރިޕޯޓު ހިމެނެއެވެ. ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެ މައްސަލަ ހަސަން ރަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ދައުލަތުން ބުނެއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ ނިންމަމުން ގާޒީ ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 47ވަނަ މާއްދާ ދަށުން ކުށް ސާބިތުކުރަން ފަސް ބާވަތެއްގެ ހެކި ހުށަހަޅަން ޖެހޭ ކަމަށާއި ނަމަވެސް މި މައްސަލައިގައި ދައުލަތަށް އެ މިންވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށް ކަނޑައަޅައި ކޯޓުން ނިންމީ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.
ކޮބާތަ ހަމަހުގެ ތުއްތު ކުއްޖާއާއިބެހުނު ދެކާފަގެ މައްސަލަ
ހުކުމްކޮށްގެން ޖަލަށް ލީމަވެސް އަދިވެސް މިލިޔަނީ ކުރިކަމަށް ބުނާ އޭތަ؟