އެޑްވަޓޯރިއަލް ވިޔަފާރި

ދިރާގު ޚިދުމަތްތަކަށް އެދޭ ހިޔާ ކަސްޓަމަރުންނަށް އަގުހުރި ފައިސާގެ އިނާމުތަކެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ފުޅާ ދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުންދާ ދިރާގުން ،  ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަންއެއް ހުޅުވައިލައިފިއެވެ.

Ads by STELCO

15 ނޮވެމްބަރ 2021 ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ޖުމްލަ 50،000 ރ. ލިބޭނެއެވެ. ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ލިބިގެންދާއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރ.އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރ. ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރއެއް ވެސް ލިބިގެންދާނެއެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ)އެއް ވެސް ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކާ ގުޅައިލާން ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓްއެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭ ދިރާގު ޓީވީގެ ޚިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާ ވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފު ކުރުމަށެވެ.  

Ads by Ooredoo
  1. ހައިކަލް

    “15 ނޮވެމްބަރ 2021 ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ޖުމްލަ 50،000 ރ. ލިބޭނެއެވެ. ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ލިބިގެންދާއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރ.އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރ. ލިބޭނެ” މިކަމަށް ވުރެ މާބޮޑަށް ވެސް ތިދޭޚިދުމަތް ބަލާއިގަނެ ނިނަމީހުން ތިތަހިދުމަތްދިވެހިންނާގުޅޭ ދިވެހިންނަށް ފަސޭހަ ގޮތްތަށް ގެނައުމަކީ ތިޔަހިދުމަތް ފުޅާވާނެ ކަމެއް ، 100ރ ވިޔަސް 800ރ ވިޔަސް ކުރީމަހަށް ބިލް ކޮށް ބޭނުން ނުކުރާ މަހަށް ބިލް ނުރުރުމާއި ދިވެހިން ނާއި ގުޅޭ ކަންކަން ބަލާ އެގޮތަށް ކަންކުރުމަކީ ދެފަރާތަށްވެސް ފައިދާހުރި ގޮތްކަމަށ ދެކެން.