ޚަބަރު

ޖެޓީގައި ހުރި ފަތުރުވެރިއެއް ވެއްޓި މަރުވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
DCIM100GOPROGOPR1206.JPG

ސަފާރީއަކަށް ފުރަން ، ހުޅުމާލޭ ޖެޓީއަށް ގޮސް ހުރި ފަތުރުވެރިއެއް ވެއްޓި މަރުވެއްޖެއެވެ.

Ads by MWSC

އެ މަންޒަރު ދުށް މީހަކު "ދެން"އަށް މައުލޫމާތު ދެމުން ބުނީ ވެއްޓި މަރުވީ ޑެންމާކުގެ ފަތުރުވެރިއެއް ކަމަށާއި އޭނާ ވެއްޓުނުއިރު ހީވީ "ގަހެއް ކަނޑައި ވައްޓައިލިހެން" ކަމަށެވެ.

އޭނާ ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މިހާރު އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

މިކަމާ ގުޅިގެން “ދެން”އަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ ހުޅުމާލޭ ލަކުނޑި ޖެޓީއާ ދިމާއިން ސަފާރީއަކުން ފޭބި ފަތުރުވެރިޔަކު އެ ސަރަޙައްދުގައި ހުރި ގޮނޑިއެއްގައި އިންދާ އަނބުރައިގަނެގެން ވެއްޓި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓް މިއަދު 14:50ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މީހާއަކީ ޑެންމާކު ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި ހާދިސާއާ ގުޅިގެން ބައްލަވަން ޖެހޭ ކަންތައްތައް ފުލުހުން ދަނީ ބައްލަވަމުންނެވެ.

Ads by Ooredoo
  1. ހިންދީ ފިލްމު ތަކުން ފެނޭ އިންޑިޔާ ރޯ އޭޖެންޓުން މިގޮތަށް މީހުން މަރާތަން. މިކަހަލަ މަރުތަށް މިހާރު މާ ގިނަވެއްޖެ. މިކަން ތަހުގީގު ކުރަން ޖެހޭ

  2. މަރީޒާ

    ވެކްސިންގެ ކަންތައް ދުނިޔެއިން ފެންނާން ފެށީއެވެ. ދެން އެކަމު ކުރާނެ ކަމެއް ނެތެވެ