ބޭހުގެ އެންމެ މަތީ އަގު ކަނޑައަޅައި އާސަންދައަށް ކުރާ ޚަރަދު ކުޑަ ކުރަނީ
ދައުލަތުގެ ބަޖެޓުންނާއި, ރައްޔިތުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އަމީރު ވިދާޅުވީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.
"ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ. އަދި ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށް ވެސް މަސައްކަތް ކުރާނަން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެންމެ ފަރުދަކު ވެސް ބާކީ ކުރުމެއް ނެތި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.
ރައްޔިތުންނަށްް ދެރަވަރުގެެ ބޭސްދެއްވައިފީވިއްޔާާ ސަރުކާރަށްް ހޭދަކުރަންޖެހޭޔ މިންވަރުު ބޮޑުތަނުންް އިތުރުވެގެންދާނެެ ސަބަބަކީީ ފެންވަރުދައްބޭސްތައްް އާއްރައްޔިތުންނަށްް ދެއްވަންޏާާ އެބޭސްތަކުގެެ ސަބަބުންް އިތުރުބަލިތައްފެތުރުމުގެެ ފުރުސަތުބޮޑުވާނެެ ސަރުކާރުގެެ މަތީމަގާމުތަކުގެެ މީހުންނަށްް ކުރައްވާޚަރަދުތައްް ކުޑަކުރެއްވުންް މާރަގަޅުވާނެ
ވަރަށްމޮޅުވާހަކަދައްކާނެ އަމީރުމެން