އެޑްވަޓޯރިއަލް ވިޔަފާރި

ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފި!

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 1 ނޮވެމްބަރ 2011އިން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފިއެވެ.

Ads by Hajj Corporation

ޑޭޓާ ރޯލްއޯވަރ ތައާރަފުކުރުމާ އެކު، އޮކްޓޯބަރު މަސް ނިމިގެންދިޔަ އިރު ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކެޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް ވާނީ ނޮވެމްބަރު މަހުގެ އެލަވަންސްއާ އެކު ހިމަނައިފައެވެ.

އެހެންކަމުން، ކުރިއައް އޮތްތާންގައި ވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާ އެކު ހިމެނިގެންދާނެއެވެ. މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުން ކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

މިއީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.

މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ. ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހައި ވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށެވެ.

Ads by Ooredoo
  1. ޢަލީ

    ” ކުރިއައް އޮތްތާންގައި ވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާ އެކު ހިމެނިގެންދާނެއެވެ. މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުން ކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށް ” މިގޮތަށް ގިނަ ކަސްޓަމަރުން ނަށ ފައިދާ ވާގޮތަށް ކަންކަން ބަދަލްކުރުމަކީ 2ފަރާތަށްވެސް ލިބޭ ކުރި އެރުމެއް ކަސްޓަމަރުން އިތުުރުވާނެ ކަމެއް. ޓީވީ ގެ ޚިދުމަތްވެސް ބިލްކުރާ އުސޫލް ބަދަލްކޮށް ދެއކި ފައިސާ ހަމަވުމުން ވަގުތީ ގޮތުން ހޚުދުމަތް ކަނޑާލުން މުހިންމު، ފޯންބިލްތަކާއި އެލަވަންސް ވެސް 1 ރޯލް އޯވަރ ކުރެވޭ ގޮތަށް ބަދަލް ކުރުން އެދެން ….