ދުނިޔެ

ކޮވިޑް-19އާ އެކު ދުނިޔެ 2 އަހަރު؛ 5 މިލިއަން މީހުން މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2019ވަނަ އަހަރު ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެން ދިޔަ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެއިން 5 މިލިއަން މީހުން މަރުވެއްޖެއެވެ.

Ads by WAMCO

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުން ފެށިގެން ގޮސް އެންމެ މުއްސަނދި ގައުމުތަކުގެ ގިނަ އަދަދެއްގެ މީހުން  ކޮވިޑް-19ގައި ވަނީ މަރުވެފައެވެ. މިގޮތުން ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ އެއް ގައުމު ކަމުގައިވާ އެމެރިކާއިން އެކަނި ވެސް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 740,000 އަށް ވުރެ ގިނައެވެ.

"އަހަރުމެންގެ އަމިއްލަ ނަފްސު ހިމާޔަތް ކުރަން އެބަޖެހޭ. އިތުރު 5 މިލިއަން މީހުން އަދިވެސް މިބަލީގައި މަރުވުމުގެ ފުރުސަތު އެބައޮތް" ޔާލެ ސުކޫލު އޮފް ޕަބްލިކް ހެލްތުގެ ޑޮކްޓަރ އަލްބާރޓް ކޯ ވިދާޅުވިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް ހިނގަމުންދާއިރު އެފްރިކާ ހިމެނެނީ އާބާދީގެ ނިސްބަތުން އެންމެ ކުޑައިންސައްތައަކަށް ވެކްސިން ޖެހުނު ސަރަހައްދުގެ ގޮތުގައެވެ. މިގޮތުން އެފްރިކާގެ މުޅި އާބާދީން ވެކްސިން ޖެހިފައި ވަނީ އެންމެ 5 އިންސައްތަ މީހުންނަށެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ 4 މިލިއަނަށް އެރިކަން އިއުލާނުކުރިތާ ދެމަސް ދުވަސް ފަހުން 5 ބިލިއަން މީހުން ކޮވިޑްގައި މަރުވިކަން އިއުލާނު ކުރުމަކީ ބަލީގެ ނުރައްކާ ކުޑަ ނުވާކަން ދައްކައިދޭ ހެއްކެއްކަމަށް ކަމާ ބެހޭ މާހިރުން ދަނީ ބުނަމުންނެވެ. މީގެން ދައްކައިދެނީ ކޮވިޑް ބަލީގައި ދެމަސް ދުވަހުގެ ތެރޭގައި 1 ބިލިއަން މީހުން މަރުވެފައިވާ ކަމަށާއި އަދި ފަގީރު ގައުމުތަކުގައި ބަލީގެ ރިކޯޑްތައް ފުރިހަމައަށް ނުކުރާތީ ބަލީގެ ސީދާ އަދަދުތަައް ނޭނގޭ ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!