ދުނިޔެ

އިންޑިއާގެ ކޮވެކްސިން ވެކްސިނަށް ސިއްހަތު ޖަމިއްޔާއިން ރުހުންދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް އިންޑިއާއިން އުފެއްދި "ކޮވެކްސިން" އެމަޖެންސީ ބޭނުމަށް ބޭނުން ކުރަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ރުހުން ދީފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އިންޑިއާއިން އުފެއްދި ކޮވެކްސިން ޖަހައިފައި ތިބޭ މީހުން، އެހެން ޤައުމަކަށް ދަތުރު ކުރި ނަމަވެސް ކަރަންޓީނުވާކަށް ދެން ނުޖެހޭނެއެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހޭ މި ވެކްސިންގެ ވެސް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އެގޮތުން ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް މި ވެކްސިން އަދި ކުޑަކުދިންނަށާއި މާބަނޑު އަންހެނުންނަށް ދޭން ނުފެންނަ ކަމަށް ވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވެއެވެ.

"އިންޑިއާގެ ކޮވެކްސިން ވެކްސިނަކީ ކޮވިޑާ ދެކޮޅަށް ބޭނުން ކުރަން ރައްކާތެރި ވެކްސިނެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޓެކްނިކަލް އެޑްވައިސަރީ ގްރޫޕުން ވަނީ ކަނޑައަޅައިފައި." ގްލޯބަލް ހެލްތު ބޮޑީއިން ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިތުރަށް ބުނެފައި ވަނީ، ކޮވިޑުން ރައްކާތެރިވުމުގެ 78 އިންސައްތަ ޔަގީންކަން ކޮވެކްސިނުން ދޭކަން ހާމަވެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!