ޚަބަރު ސިޔާސީ

ސިވިލް ސާވަންޓުންގެ އަނގަ ބަންދު ކުރަނީ ރައީސްގެ އިސްތިއުފާގެ އަޑު ގަދަވާތީ: މަލީހު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް

ސިވިލް ސާވިސް މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭގޮތަށް ގަވާއިދު ބަދަލުކުރީ ސަރުކާރުގެ އޮފީސްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިސްތިއުފާގެ އަޑު ގަދަވާތީކަމަށް މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by MWSC

މަލީހު މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓު ކުރި ސިވިލް ސާވިސް ގަވާއިދުގައި، ސަރުކާރު މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ފުރަތަމަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ. މަލީހު ވިދާޅުވީ ދިވެހި ސިވިލް ސާވަންޓުންގެ އަނގައިގައި މަލަން އަޅަން އެމްޑީޕީން އުޅެނީ އެ ޕާޓީއަށް ތާއީދު ކުރާ މީހުން ސިވިލް ސާވިސް ތެރޭގައި މަދުވުމުން ކަމަށެވެ. އަދި ސަރުކާރު އޮފީސް ތަކުގައި ރައީސް ޞާލިހުގެ އިސްތިއުފާގެ އަޑު ގަދަވެ ގުގުމަމުން ދާކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

"ސިވިލް ސާވަންޓުންނަށް އަދަބު ދީގެން ތާއީދު އިތުރު ނުވާނެ" މަލީހު ވިދާޅުވިއެވެ.

އިސްލާހުކުރި ސިވިލް ސާވިސް ގަވާއިދުގައި ވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ސިވިލް ސާވިސް މުވައްޒަފުން އެއްވެސް އިންޒާރަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތަކެއް ވެސް ކަނޑައަޅައިފައެވެ. އެ ފަދަ ހާލަތްތަކަކީ؛

  • މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.
  • މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.
  • މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން.

މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި މި އިސްލާހަކީ 2015ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި ގަވާއިދެކެވެ. މި އިސްލާހު އިތުރަށް ބަދަލު ކުރުމެއް ނެތި ގެޒެޓުގައި ޝާއިއުކޮށް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ގަވާއިދަށް އަމަލުކުރަން ފަށަން ނިންމުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

  1. ދިވެހި ރައްޔިތުން

    ނުރަސްމީ އަދި ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ އެހެން ނަމަވެސް، މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެެއް ނޯންނާނެއެވެ