ޚަބަރު

ކޮވިޑް-19 ވެކްސިނުން އަސަރު ނުކުރާ މީހުންނަށް އެންޓި ބޮޑީ ޑްރަގެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރެޖެނެރޮން ފާމަސޫޓިކަލްސް އިންކްއިން އުފައްދައިފައިވާ ކޮވިޑް-19، އެންޓިބޮޑީ ކޮކްޓެއިލްގެ އެއް ޑޯޒުން ބަލި ޖެހުމުގެ ފުރުސަތު 81.6 އިންސައްތަ ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު ސްޕޮންސާޑް ކޮވިޑް-19 ޕްރިވެންޝަން ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ މައިރޮން ކޯހެން ވިދާޅުވީ، އެންޓިބޮޑީ ތެރަޕީ، ރެޖެން-ކޯވްއަކީ ކޮވިޑް-19 އިންފެކްޝަނުން ދިގު މުއްދަތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ތެރަޕީއެއް ކަމަށެވެ. އަދި މިފަދަ އިމިއުނިޓީއަކީ އިމިއުނޯކޮމްޕްރޮމައިޒްޑް މީހުންނަށާއި ވެކްސިންތަކަށް އިޖާބަ ނުދޭ މީހުންނަށް ވަރަށް މުހިންމު އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

8 މަސްދުވަހުގެ އެސެސްމަންޓް ޕީރިއަޑްގައި ރެޖެން-ކޯވް ތެރެޕީ ބޭނުން ކުރި ގްރޫޕްގައި ހިމެނޭ ފަރާތެއް ކޮވިޑް-19އަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެއް ނުވެއެވެ. ނަމަވެސް ޕްލެސީބޯ (ޑްރަގް ބޭނުން ނުކުރާ ޓެސްޓް ގްރޫޕް) ގްރޫޕް 6 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިގެން ފަރުވާ ދެވިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް ރެޖެނެރޮން ވިދާޅުވިއެވެ.

އެމެރިކާގެ ހެލްތު ރެގިއުލޭޓަރުން މިދިޔަ ޖުލައި މަހު ވަނީ ބަލި ޖެހިފައިވާ މީހުންނަށް ރައްކާތެރި ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ރެޖެން-ކޮވްއަށް ދީފައެވެ. އަދި ނާސިން ހޯމް ނުވަތަ ޖަލު ފަދަ ތަންތާނގައި ބަލި ފެތުރޭ ނަމަ ކުއްލި ފަރުވާއެއްގެ ގޮތުން މި ބޭސް ދިނުމުގެ ހުއްދަ ވަނީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!