ވިޔަފާރި

2022 ގެ ވޯލްޑްކަޕްގެ އޮފިޝަލް ޓެލެކޮމިއުނިކޭޝަންގެ މަގާމަށް އުރީދޫ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގަތަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ ހަމަޖެހިފައިވާކަން މިއަދު އިއުލާންކޮށްފިއެވެ.

އުރީދޫއަކީ ގަތަރުގައި 2019 އަދި 2020ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ގައުމީ ސަޕޯޓަރެއް ވެސް މެއެވެ.

"މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާ އެކު އަނެއްކާ ވެސް މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް." އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރ ޝައިޚް ނާސިރު ބިން ޙަމަދު ބިން ނާސިރު އަލް ޘާނީ ވިދާޅުވިއެވެ.

"2022ވަނަ އަހަރު ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް އަޅުގަނޑުމެންގެ ގައުމު ދަތުރުކުރިއިރު ހުރިހާ ލޯތަކެއް އަމާޒުވާނީ ގަތަރަށް. މިއީ އުފެއްދުންތެރިކަމާއި ޓެލެކޮމިއުނިކޭޝަންގެ ރޮނގުން އަޅުގަނޑުމެންގެ ލީޑަރޝިޕް އިތުރަށް ވަރުގަދަ ކުރުމަށް އުރީދޫއަށް ލިބޭ ފުރުސަތެއް. ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައާ އެކު މި ސަރަހައްދުގެ މުޖުތަމައުތަކާ އޮންނަ ގުޅުން ބަދަހިވެގެންދާނެ ފުރުސަތެއްކަން ފާހަގަ ކުރުން،" ނާސިރު ބިން ޙަމަދު ވިދާޅުވިއެވެ.

"ގަތަރުގައި މިފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި ނެޓްވޯކް ސްޕީޑު އުރީދޫގެ ޓެކްނޮލޮޖީ އަދި ތަޖުރިބާއާއެކު ފޯރުކޮށްދެވޭނެ. ފީފާ ވޯލްޑްކަޕް ގަތަރު 2022ގައި އަޅުގަނޑުމެންނަށް އެއްބާރުލުންދީ ހީވެސް ނުކުރާ ފަދަ އުފާވެރި އަދި ފޯރިގަދަ ތަޖުރިބާއެއް ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް." އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރ ވިދާޅުވިއެވެ.

"ރީޖަނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ފަހަރު އުރީދޫ އެނބުރި އައުމުން އަޅުގަނޑުމެން އުފާކުރަން. އުރީދޫއާ އެކު، އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގަތަރުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ވެސް ފޯރިގަދަ އިވެންޓެއް ބޭއްވުމުގެ އުއްމީދުގައި." ފީފާގެ ޑިރެކްޓަރ އޮފް ކޮމާޝަލް ރެވެނިއު ނިކް ބްރައުން ވިދާޅުވިއެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް 21 ނޮވެމްބަރއިން 18 ޑިސެމްބަރ 2022އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ.

އެވްރެޖްކޮށް 110 މިލިއަނަށް ވުރެ ގިނަ މީހުން މެޗް ބަލާ ފީފާ ވޯލްޑް ކަޕް މެޗުތައް ބަލާއިރު، ދުނިޔޭގެ އާބާދީގެ 51%އަށް ވުރެ ގިނަ މީހުން ވަނީ 2018ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް ބަލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!