ޚަބަރު ސަރުކާރު

ސިފައިންގެ ޑޯނިޔާ މަތިންދާ ބޯޓު ފުރަތަމަ ފަހަރަށް ދިވެހި ޕައިލެޓުންގެ މާލިމީކަމަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ޓްވިޓާ

ދިވެހި އަސްކަރިއްޔާގެ ޑޯނިއާ މަތިންދާ ބޯޓުތައް ފުރަތަމަ ފަހަރަށް ދިވެހި ޕައިލެޓުން ދުއްވަން ފަށައިފިއެވެ

Ads by STELCO

މިކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ 2 ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.

"އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފި. މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ 2 ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް" އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.

މިއަދު ބެޖު ހަވާލުވި ދެ އޮފިސަރުންނަކީ އަވަށްޓެރި އިންޑިއާގެ އާމްޑް ފޯސްއިން ތަމްރީން ހެދި ދެ ޕައިލެޓުންކަމަށްވާ ފަސްޓް ލެފްޓިނެޓް އިބްރާހިމް ޝަރީފާއި ލެފްޓިނެޓް އަހުމަދު އަލީއެވެ.

މިކަމާ ގުޅޭ ގޮތުން މޭޖާ ޖެނެރަލް އަބްދުالله ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ ފްލައިޓް ދުއްވަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

އެމްއެންޑީއެފްގެ އެއަރ ވިންގ އުފައްދައިފައި ވަނީ 22 އޯގަސްޓު 2009ގައެވެ.

Ads by Ooredoo
  1. ނަރުދޫ ހަސަނު

    ކޮބާ އިންޑިޔާ އައުޓް ގޮވި މީހުންތަށް އަނގަބަންދުވީދޯ މިހާރު ދެން