ރައްޔިތުންގެ މަޖިލިސް

ސްޕޯޓްސް ކޯޕަރޭޝަން ބޭކާރު، ވަގުތުން އުވައިލާން ޖެހޭ: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނި، ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން އުވައިލާން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ވަގުތުން އުވައިލާން ޖެހޭ ކުންފުންޏެއް ކަމަށާއި އެ ކޯޕަރޭޝަނަކީ އެއްވެސް މަސައްކަތެއް ނުކުރާ ބޭކާރު ފައިސާތަކެއް ހަރަދު ވަމުންދާ ކުންފުންޏެއް ކަމަށެވެ. ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ކުންފުންޏެއް ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޯންނަ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

މިއަދު މަޙްލޫފް ވަނީ ސްޕޯޓްސް ކޯޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން މަޙްލޫފްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ ކުންފުނީގެ މެންޑޭޓް ވަރަށް ބޮޑަށް ޔޫތު މިނިސްޓްރީއާ ފުށުއަރާ ކަމަށެވެ. އަދި އެއީ އެއްވެސް ޤާބިލުކަމެއް ނެތް ކުންފުންޏެއް ކަމަށާއި ކުންފުނީގެ ސަބަބުން މިނިސްޓްރީން ކުރާ ބައެއް މަސައްކަތްތަކަށް ވެސް ޝަކުވާ ލިބެމުންދާ ކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.

"ސްޕޯޓްސް ކޯޕަރޭޝަނަކީ ހަމައެކަނި ހެޕީ ފާދާސް ޑޭ އާއި ހެޕީ މަދާސް ޑޭ ކިޔައިފައި ޓްވީޓް ކުރަން އޮންނަ ކުންފުންޏެއް" މަޙްލޫފް ވިދާޅުވީ އެތަނުގައި ތިބީ ޤާބިލް ބޭފުޅުން ކަމަށާއި އަދި މިނިސްޓްރީއަށް އެ ބޭފުޅުން ބަދަލު ކުރުމުން މަސައްކަތް ރަނގަޅުވާނެ ކަމަށެވެ.

"ތަނުގައި ތިއްބެވި ބޭފުޅުންގެ ގާބިލް ކަމާ މެދު އަޅުގަނޑު ޝައްކު ކުރަނީއެއް ނޫން. އެތަނުގައި ތިއްބެވި މައުރޫފްމެން މިނިސްޓްރީއަށް ވަޑައިގެން މިނިސްޓްރީ ތެރޭގައި މަަސައްކަތް ކުރައްވާ ނަމަ މާ ރަނގަޅުވާނެ"

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!