ފައިސާ ޗާޕު ކުރެވޭ އަދަދު 2.5 ބިލިއަނަށް ދަށްކޮށް ހުއްދަ ދޭން ފާސްކޮށްފި

ފައިސާ ޗާޕު ކުރެވޭ އަދަދު 2.5 ބިލިއަނަށް ދަށްކޮށް އަންނަ އަހަރުގެ ނިޔަލަށް ހުއްދަ ދޭން މާލިއްޔަތު ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
އެންމެ ފުރަތަމަ އެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެެވެ. އެއީ ޗާޕުކުރާ ފައިސާގެ އަދަދު ހަތަރު ބިލިއަނަށް ވުރެ ބޮޑުނުވާނެހެން އެއް އަަހަރު ދުވަހުގެ މުއްދަތަށެވެ.
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު, އިތުރު އެއް އަހަރަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައި ވަނީ އިއްޔެއެވެ.
މި މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ ހާޒިރުކުރުމަށް ފަހު އެ ހުށަހެޅުން ކޮމިޓީގައި ފާސްވީ ކޮމިޓީގައި ތިބި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ކޮމިޓީން ނިންމައިފައިވާ ގޮތުގައި 1 ޖެނުއަރީ 2022އިން ފެށިގެން 31 ޑިސެމްބަރު 2023ގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާއެވެ.