ޚަބަރު ރައްޔިތުންގެ މަޖިލިސް

އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކުރިޔަސް، އެމީހުންނާ ހަވާލުކުރަނީ ކައްކަން: ރޮޒައިނާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެމްބަރު ރޮޒައިނާ އާދަމް.. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްރަށުގެ ކައުންސިލްތަކުގައި ތިބޭ އަންހެނުންގެ އަދަދު އިތުރުކުރި ނަމަވެސް އެމީހުންގެ ދައުރު ފުޅާ ކުރެވިފައި ނުވާކަމަށާއި އަދިވެސް އެމީހުންނާ ހަވާލުކުރަނީ ކެއްކުން ފަދަ ކަންކަމުގެ އިންތިޒާމުތައް ހަމަޖައްސަންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅި އަންހެނުންގެ ދައުރާ ބެހޭ ސާރވޭގެ ނަތީޖާތަކާ ގުޅޭގޮތުން މެމްބަރު ރޮޒައިނާ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެ ގޮތުން ސާރވޭގައި ވާހަކަ ދެއްކި ބައެއް ފިރިހެނުން ވަނީ އަންހެނުންނާ ގުޅޭ ގޮތުން ކަންބޮޑުވާ ފަދަ ބައެއް ވާހަކަތައް ދައްކައިފައި ކަމަށާއި ޖިންސުގެ ތަފާތުކުރުން އަދިވެސް މުޖުތަމައުގައި އޮތްކަން ފާހަގަކުރެވޭކަމަށް މެމްބަރު ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރާ ގުޅޭގޮތުން މެމްބަރު ވާހަކަފުޅު ދެއްކެވިއެވެ.

ސާރވޭގައި ބައިވެރިވި އަންހެނަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރަމުން ބުނެފައި ވަނީ ކަންކަން އިންތިޒާމު ކުރާއިރު މަޝްވަރާތަކުގައި އަންހެނުން ބައިވެރި ނުކުރާނެ ކަމަށާއި ލީޑިން ރޯލަކުން ވެސް އަންހެނަކު ނުފެންނާނެ ކަމަށެވެ. މިސާލަކަށް މުބާރާތެއް އޮވެއްޖެ ނަމަ އެ މުބާރާތް ހުށަހަޅަން ނުވަތަ ކެއުމުގެ ކަންކަން އިންތިޒާމުކުރަން ލައިފާނެކަމަށް އޭނާ ސާރވޭއަށް ކިޔައިދިނެވެ. މެމްބަރު ރޮޒެއިނާ ވިދާޅުވީ މިމަންޒަރު މިހާރު ބައެއް ކައުންސިލްތަކުންވެސް ފެންނަމުން ދާކަމަށެވެ.

"އަންހެން ކައުންސިލަރުންނަށް ހަވާލުކޮށްފަ މިއޮންނަނީ އެއްކަލަ ޑެލިގޭޝަނެއް އަންނައިރުގަ ކެއުމުގެ ކަންކަން އިންތިޒާމުކުރުމާ މިކަންކަން ކުރުމަށް" ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް މިކަން ފާހަގަކުރެވުނުކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ރަށަކަށް ވަޑައިގެންނެވިއިރު އަންހެން ކައުންސިލަރުން ކެއުމުގެ ކަންކަން އިންތިޒާމުކުރަން ޖެހުމުގެ ސަބަބުން ރައީސަށް މަރުހަބާ ދަންނަވަން އެތަނުގައި ހުރުމުގެ ފުރުސަތު ވެސް ކައުންސިލަރަށް ނުލިބުނު ކަމަށެވެ. ރައީސަށް މަރުހަބާ ދަންނަވަން ވަކި ހިސާބެއްގައި ބައުންޑަރީއެއް އަޅައިފައިވާ އިރު އެ ބައުންޑަރީ ހުރަސްކޮށް އަންހެން ކައުންސިލަރުންނަށް ދިއުމުގެ ފުރުސަތު ފުލުހުން ވެސް ނުދިންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ފިރިހެން ކައުންސިލަރުން މިތިބެނީ ލައިންގެ އެންމެ ކުރީގައި ރައީސުލްޖުމްހޫރިއްޔާ ރިސީވްކުރަން. މީ ހިނގައިފައި ހުރި ކަންތައް އިއްޒަތްތެރި ރައީސް" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އަންހެން ކައުންސިލަރުންނަށް ޖާގަ ދިނީ މި ތަފާތުކުރުންތައް ގެންގުޅެން ނޫން ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަށް ފުރުސަތު ދިނީ ރަށުގައި ކުރާ ކޮންމެ ކަމެއްގައި އަދި ނިންމާ ކޮންމެ ނިންމުމެއްގައި އެއްވަރަކަށް ފުރުސަތު ދިނުމަށް ކަމަށެވެ. ޖެންޑާ އީކުއަލިޓީގެ ވާހަކަ ދައްކަނީ ހަމައެކަނި އަންހެނަކު ތަނެއްގައި ބަހައްޓަން ނޫން ކަމަށާއި އެހެން ނަމަވެސް އެމީހުންގެ ހިއްސާ އިތުރުކުރުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

Ads by HDC
  1. ޒިންމާދާރު ކަމަނާ

    ރަނިކަނބަލެއްކަމުގައި ވިޔަސް ކެއްކުމަކީ ދެރަ މަސައްކަތެއްނޫން.
    ކެއްކުން ފިޔަވާ ކަނބަލުން ލައްވާ ދެންކޮންކަމެއް ކުރުވާންތޯ ކަމަނާ ބޭނުންވެލައްވަނީ..

  2. ށަވިޔަނި

    ވާހަކަނުދައްކާ .ތީއަންހެނުންނަށް ހުތުރު އަރުވަން އަންހެނުން ލަދުގަންނަވަން ހުރި އަންހެނެއް

  3. ކެކިކެކި

    ކަމަނާއަކީީ ބަތްތަވައެއްތޯޯ ލައްކަގިނަަ ކެއްކުންތަކެއްކައްކައިގެންް ލައްކަބައިވަރުު ކަމެއްކޮއްފަަ ހުރިކަހަލަަ ތެޅުނުތެޅުނުހެންް ވާނީީ ބޭޒާރުު އަމިއްލަނަފުސައްް ކުރެވިފަހުރިކަންތާކާދޭތެރޭވިސްނާބަލަަ އެންމެއަނގަޔާތަންތަންބޮޑުމީހާއެްވީމަަ ވާނެއްތެއްވާނެ

  4. ކަތީބު

    މަޖުލީހުގަ ކައްކަން ތިގޮލާބަހައްޓަން ރަނގަޅު ވަރައްމީރުކޮށް ރިހާކުރު ގަށާނެ.

    • ށަވިޔަނި

      ރިހާކުރު ގަށާކަށްވެސް ނޭގޭނެ އެގޭނެހާވެސް ކަމަކީ މީހުނަށް މަލާމާތްކޮށް ފޮނިކަނޑާ ހެއްދެވިހާ ދޮގުވާހަކަ ދެއްކުން. އަނގައެއް އޮތިއްޔާ ކާޅެއް ނުކާނޭ ބުނޭތާ.

  5. ބޯގޯސް

    ތިހާވަރަށް އަންހެނުން ކުރިއަރުވަން ބޭނުން ވަންޏާ ރައީސް އިބުރާހީމް ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށެއްގެ ކައުންސިލް ފިރިހެނުންނަށް އަންގާ ފިރިހެން ކައުންސިލުން ކައްކަން ބަދިގޭގަ ތިބިފާ އަންހެން ކައުންސިލުން ރައީއިބުރާހީމޤ ބަޣަލްޣީރު ކުރަން ނެރޭށޭ،
    އެހެންނާ ފަހެ އަންހެނުން ނާފިރިހެނުން ހަމަހަމަ ކުރަން ވެސް ވަކި ކަންތައްތަކެއް ވަކި ހުދޫދެއް އޮންނާނެ، ކިތައްމެ ވަރަަކަށް އެއްވަރު ކުރަން އުޅުނަސް ފިރިހެނުންގެ މަގާމު އޮޅުވާނުލެވޭނެ، ރުޒައިނާމެން ފިރިން ފައިދަށު ލިއަސް އެއްމެން އެގޮތަކަށް ނޫޅޭނެ.