ޚަބަރު

މެއި6ގެ ހަމަލާ: ރައީސް ނަޝީދު ބަޔާން ދެއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް- ފޮޓޯ: ސޯޝަލް މީޑިއާ

މިއަހަރުގެ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، އެމަނިކުފާނު ދެއްވަން ބޭނުންފުޅުވާ ބަޔާނުގެ ޑްރާފްޓެއް މިއަދު ފުލުހަށް ފޮނުއްވައިފިއެވެ.

Ads by MWSC

ރައީސް ނަޝީދުއަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެމަނިކުފާނު ދެއްވަން ބޭނުންފުޅުވާ ބަޔާނުގެ ޑްރާފްޓެއް މިއަދު ފުލުހަށް ފޮނުއްވައިފިކަން އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރު ވަނީ "ދެން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައީސް ނަޝީދަށް ދިން މި ހަމަލާގައި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް ގޮއްވައިލައިފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވައިލި މި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް މި މައްސަލައިގައި ދައުވާކޮށްފައި ވަނީ އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތު ކުރެވިފައިވާ އަދުހަމް އަހުމަދު ރަޝީދު (25އ.)، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު (21އ.)، އާއި ގއ. ކޮނޑޭ/ ފޮޅޭމާ ތަހުމީން އަހްމަދު (32އ.) އަދި ދަރަވަންދޫއިން ހައްޔަރު ކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު (23އ.)ގެ އިތުރުން ނ. މަނަދޫ/ ނޫރީގެ އަލީ ހައިޝަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!