ދުނިޔެ

ކޮވިޑް-19 ފެތުރެން ފެށީ ވޫހާންގެ މާކެޓަކުން ކަމަށް އެމެރިކާގެ ދިރާސާއަކުން ދައްކައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19ގެ ފުރަތަމަ ވޭދަނައަކީ ޗައިނާގެ ވޫހާން ސިޓީގައި މާކެޓްގައި ޖަނަވާރު ވިއްކާ މީހެއް ކަމަށް އެމެރިކާއިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

އެމެރިކާއިން މީގެ ކުރިން ބުނަމުން ދިޔައީ، މި ވައިރަސްއަކީ ލެބަކުން ލީކްވި، ވައިރަސްއެއް ބެލެވޭ ކަމަށެވެ. އޭރު އެމެރިކާއިން ބުނަމުން ދިޔައީ، ވައިރަސް ފެތުރެން ފެށީ ލެބޯޓަރީ ލީކަކުން ކަމަށް ބެލެވެނީ ބަލި ޖެހުނު ފުރަތަމަ މީހާއަކީ ވޫހާން ސިޓީގެ އެ މާކެޓްއާ ގުޅުން ނެތް އެކައުންޓެންޓަކަށްވުމުން ކަމަށެވެ

ބުރާސްފަތި ދުވަހު ޖާނަލް ސައިންސްގައި ޝާއިއުކުރި ދިރާސާގައި ބުނެފައި ވަނީ މީގެ ކުރިން ކޮވިޑް-19 ފުރަތަމަ ޖެހުނު ކަމަށް ކުރިން ޤަބޫލު ކުރެވުނު މީހާއަށް ކޮވިޑް-19 ޖެހުނީ ލަފާ ކުރި ވަރަށް ވުރެ މާލަހުން ކަމަށް ދެނެފަނެވިފައިވާ ކަމަށެވެ.

"ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ކޮވިޑް-19ގެ ފުރަތަމަ އަލާމާތްތައް ފެންނަން ފެށީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު، އެކަމަކު އަލާމާތްތައް ފެންނަން ފެށީ ޑެސެންބަރު 16 ވަނަ ދުވަހު" ދިރާސާގައި ބުނެފައި ވަނީ އެގޮތަށް އޮޅުން އަރައިފައި ވަނީ، އެމީހާ 8ވަނަ ދުވަހު ދަތަށް ތަދުވެގެން ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ. އަދި ދަތަށް ތަދުވުމަކީ ކޮވިޑް-19ގެ އަލާމާތެއް ނޫން ކަމަށް ބުނެފައިވެއެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައި ވަނީ، ކޮވިޑް-19 ފުރަތަމަ ޖެހުނީ މާކެޓްގައި ހަރަކާތްތެރިވަމުން އައި މީހެއް ކަމަށް ޔަޤީނާ ގާތަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"އޭނާގެ އަލާމާތްތައް ފެންނަން ފެށީ ހުއާނާން މާކެޓުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ތެރެއިން ގިނަ ވޭދަނަތަކެއް ފެންމަތިވެފައިވަނިކޮށް،" ދިރާސާގައި ބުންޏެވެ.

ޗައިނާއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން މި އަހަރު ކުރި ދިރާސާއަކުން ކޮވިޑް-19އަކީ ލެބޯޓްރީއެއްގައި އުފެދުނު ކަމެއް ކަމަށް ބުނާ ބުނުން ވަނީ ދޮގުކޮށްފައެވެ. އެހެން ނަމަވެސް ވައިރަސް ފެތުރެން ފެށީ ވުހާންގެ ލެބޯޓަރީއެއް ކަމަށް ބުނަމުން އައި ބުނުން އެމެރިކާއިން ވަނީ ތަކުރާރުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!