ތައިމޫރްގެ ކުރިން ނުފެންނަ ފޮޓޯއަކަށް އެތައް ބައެއްގެ ސަމާލުކަން

ބޮލީވުޑްގެ ތަރިންނަށް ބަލާއިރު ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ތައިމޫރް އަލީ ޚާންއަކީ އާންމުންގެ ހާއްސަ ސަމާލުކަމެއް ލިބިފައިވާ ކުއްޖެކެވެ.
ބޭރު ތެރެއިން ތައިމޫރް ފެނުމުން ޕަޕަރާޒީން ވެސް ނަގައި އެތައް ފޮޓޯއެއްް ހަލުވިކަމާ އެކު މީސް މީޑިއާގައި ދައުރުވެއެވެ. އޭގެ އިތުރުން ކަރީނާ ހިއްސާ ކުރާ ތައިމޫރްގެ ބައެއް ފޮޓޯތަކަށް ވެސް މީހުންގެ ހާއްސަ ސަމާލުކަމެއް ލިބެއެވެ.
އެގޮތުން ދާދި ފަހުން ކަރީނާ ވަނީ ތައިމޫރްގެ ކުރިން ނުފެންނަ ފޮޓޯއެއް، މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.
ތައިމޫރްގެ އެކުވެރިއަކާ އެކީގައި ނަގައިފައި ހުރި އެ ފޮޓޯގައި އޭނާ ހުރީ އައިނެއް އަޅައިގެން، ވަރަށް ތަފާތު ގޮތަކަށް ފޮޓޯއަށް ހުއްޓިގެންނެވެ. ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯއަށް ލިބިފައި ވަނީ ތައިމޫރް ހުއްޓިލައިގެން ހުރި "ކޫލް" ގޮތުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ފޮޓޯގެ އިތުރުން ކަރީނާ ދާދި ފަހުން ވަނީ "ޗާންދް ސީރީޒް"ގެ ނަމުގައި ވެސް ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ. ޕަޓައުޑީ ޕެލެސްގައި ނެގި އެ ފޮޓޯތަކުން ސައިފްއާއި ތައިމޫރްގެ އިތުރުން ކަރީނާގެ ހަގު ދަރި ޖެހް ވެސް ދައްކައިލައެވެ.