ޚަބަރު

އިންޑިއާއާ އެކު ހެދި އެއްބަސްވުންތަކުގައި ގޯހެއް ނެތް: 241 ކޮމިޓީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާއާ އެކު ރާއްޖެއިން ހެދި އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ)މިއަދު ފާސްކޮށްފިއެވެ.

Ads by Hajj Corporation

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި އެ މައްސަލަ ފާސްކޮށްފައި ވަނީ 241 ކޮމިޓީ ގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަކީ ހދ. ހަނިމާދޫގައި އޮންނަ އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕްރޭޓް ކުރާނެ ގޮތުގެ އެއްބަސްވުމާއި، އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރުމުގެ އެއްބަސްވުމުގެ އިތުރުން ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ދިނުމުގެ އެއްބަސްވުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ މައްސަލަ ދިރާސާކޮށް، ކޮމިޓީން ފާސްކުރި ރިޕޯޓްގައި ބުނެފައި ވަނީ އެ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ.

Ads by HDC
  1. ރައްްޔިތުމީހާ

    އެހެންވިއްޔާ ޢާންމުވެގެން އެއުޅޭ އެއްބަސްވުމަކީޔޯ؟ ހަމަގައިމުވެސް އެއެއްބަސްވުމުގައި ބޮޑަތި ގޯސްތައް އެބަހުރި މިހާރު ތިޔައުޅެނީ “އިންޑިޔާ މިލްޓްރީ އައުޓް” މިހެންގޮވާތީ އެކަން ހުއްޓުވުމަށް ހަދާ ދޮގުތައް
    އިންޑިއާ އައުޓު މިހެން ހަމަ ގޮވާނަން އިންޑިޔާ އައުޓު އިންޑިއާ އައުޓް
    އިންޑިޔާ އައުތް
    އިންޑިއާ އައުޓް
    ޢިންޑިޔާ އައުޓް

  2. ހުދުހުދު

    މަސްއަލަ އެބައޮތް. ރައްޔިޔުންގެ މަޖިލީހުން ފާސް ނުކޮށް އެބަސްވުން ނުހެދޭނެ.ވ.ސާފު.