އެޗްޑީސީގެ މުވައްޒަފުންނަށް ހުރަސް އަޅައި މާރާމާރީ ހިންގަން މަސައްކަތްކޮށްފި
ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމާއި، އެތަނުގައި ކަނޑައަޅައިފައިވާ ޤަވާއިދުތަކަށް
ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ސަރވޭއެއް ހެދުމަށް ހިޔާ ފުލެޓަށް ދިޔަ އެޗްޑީސީގެ މުއައްޒަފުންނަށް ހުރަސް އަޅައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފިއެވެ.
އެޗްޑީސީން ވިދާޅުވީ މިހާދިސާ ހިނގައިފައި ވަނީ މިދިޔަ ހުކުރު ދުވަހުކަމަށެވެ.
"ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމާއި، އެތަނުގައި ކަނޑައަޅައިފައިވާ ޤަވާއިދުތަކަށް
ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމާއި، މިކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ސަރވޭއެއް ހަދަމުން ދަނިކޮށް، 19 ނޮވެންބަރު ވީ ހުކުރު ދުވަހު އެ ސަރަހައްދުން ބަޔަކު ނިކުމެ ވަނީ މި މަސައްކަތް ކުރަމުންދިޔަ މިކޯޕަރޭޝަނުގެ މުވައްޒަފުންނަށް ހުރަސް އަޅައި މާރާމާރީ ހިންގަން މަސައްކަތްކޮށްފައެވެ" އެޗްޑީސީގެ ބަޔާނުގައި ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ އެކޯޕަރޭޝަނުން ހަދާ އެ ފަދަ ސަރވޭތަކުގެ ބޭނުމަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވެސް އޭގެ ފައިދާއާއި މަންފާ ކުރާނެ ގޮތަކަށް ރޭވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމުން، މުވައްޒަފުންނަށް ގޯނާކޮށް، އެކަމަށް ހުރަސް އެޅުން އެކޯޕަރޭޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ. އަދި އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން މި ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރާނެކަމުގައި އެޗްޑީސީން ވިދާޅުވިއެވެ.
ސާވޭކޮށްލުމުން ނިމުނީތަ؟ ތިޔަ ސާވޭ ދުވަހަކު ނުކުރެއްވިޔަސް ހެޔޮ. ތިޔަ ސާވޭއަކުން ކުރާނެ މަންފާއެއް ނެތް. މަންފާއެއްނެތް ކަމެއް ކުރެއްވުމުގެ މާނަޔަކީ ކޮބާ؟