ޚަބަރު

އިސްލާމް ދީނާ ޚިލާފު ވާހަކަ ދެއްކި ބިދޭސީ ޓީޗަރު ސަސްޕެންޑްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ގާތު އިސްލާމް ދީނާ ހިލާފު ވާހަކަ ދެއްކި ބިދޭސީ ޓީޗަރު ސަސްޕެންޑް ކޮށްފިއެވެ.

Ads by Sosun Fihaara

“ދެންއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ މައްސަލައާ ގުޅޭ ރިޕޯޓް މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި މިނިސްޓްރީގެ ސަމާލުކަމަށް އެ މައްސަލަ އައި ހިސާބުން ފެށިގެން އެ ޓީޗަރު އެކަހެރި ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މައްސަލަ ބަލައި ނިންމުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅު ގަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅާނެ ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

މި މައްސަލައާ ގުޅިގެން ސަސްޕެންޑު ކޮށްފައި ވަނީ އިންޑިއާ ޓީޗަރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރު ލާދީނީ ވާހަކަތަކެއް ދައްކައިފައި ވަނީ ގްރޭޑް އަށެއްގެ ކުދިން ހިމެނޭ ކުލާހެއްގައެވެ. އެގޮތުން އެ ޓީޗަރު ވަނީ “ގުރުއާނަކީ ހިޔާލީ ވާހަކަތަކެއް”ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ކަލަކު ވޮޑިގެން ނުވާކަމަށާއި ކަލަކުވާކަމަށް ގަބޫލްކުރެވެނީ ކުޑައިރުންސުރެ އެކަން ވިސްނައިދީ ވިސްނުމާ ކުޅެފައިވުމުންކަމަށް ވެސް އެ ޓީޗަރު ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ އެ ސްކޫލުން ތަހުގީގު ކުރަމުންދާ ކަމަށާއި ކަން ހިނގައިދިޔަ ގޮތް ބެލުމަށް ފަހު އަތޮޅު މަދަރުސާއިން މިނިސްޓްރީއަށް ރިޕޯޓެއް ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމްދީނާއި ހިލާފު ވާހަކަތައް ޓީޗަރުން ދައްކާ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.

Ads by Allied Insurance
  1. ޢަލީ

    ޑެންމާކުގައި ﷲ އަށް ގޮންޖަހައި ރަސޫލާ ( ޞޢވ) އަށް ފުރައްސާރަ ކުރި ދިވެހި މީހާއަކަށް ފިޔަވަޅެއް ނޭޅުނު..ކޮބާ ގަޓެއް ނެތީދޯ؟