ދުނިޔެ

އޯމިކްރޮން ވޭރިއަންޓާއެކު އަނެއްކާ ވެސް ބޯޑަރުތައް ބަންދުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ވޭރިއަންޓް ކަމަށްވާ އޯމިކްރޯންގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބޯޑަރުތައް އެފްރިކާގެ ޤައުމުތަކަށް ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

އީޔޫގެ 27 ސްޓޭޓަށް ދަތުރެއް ނުކުރެވޭނެ

ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތުން ވިދާޅުވީ ކޮވިޑް-19ގެ އާ ވޭރިއަންޓެއް ފެނުމާ ގުޅިގެން ދެކުނު އެފްރިކާއަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓައިލާން ޔޫރަޕިއަން ޔޫނިއަންގެ ސްޓޭޓްތަކުން އެއްބަސްވެފައިވާ ކަމަށެވެ.

އީޔޫގެ 27 ސްޓޭޓްގެ ސިއްހީ މާހިރުންގެ ކޮމިޓީއަކުން އިމަޖެންސީ ބްރޭކް އެކްޓިވޭޓް ކުރަން ޖެހޭ ކަމަށް ވަނީ އެއްބަސްވެފައެވެ.

އެފްރިކާގެ ހަތް ގައުމަކުން ޔޫއޭއީއަށް އެތެރެވުން މަނާ

މިމަހުގެ 29ވަނަ ދުވަހުން ފެށިގެން ދެކުނު އެފްރިކާ، ނެމީބިއާ، ލެސޯތޯ، އެސްވަތީނީ، ޒިމްބާބްވޭ، ބޮޓްސްވާނާ އަދި މޮޒަމްބީކްއިން ދަތުރުކުރާ މީހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް އެތެރެވުން މަނާކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ނޫސް އޭޖެންސީން ހާމަކޮށްފައި ވެއެވެ.

އެމެރިކާގެ ބޯޑަރު ވެސް އެފްރިކާއަށް ބަންދު

ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިމްބާބްވޭ، ނެމީބިއާ، ލެސޯތޯ، އެސްވަތީނީ، މޮޒަމްބީކް އަދި މަލާވީއަށް ދަތުރުކޮށްފައިވާ ފަރާތްތަކަށް އެމެރިކާއަށް އެތެރެ ނުވެވޭ ގޮތަށް ބޯޑަރު ބަންދެވެ.

މިދިޔަ 14 ދުވަހުގެ ތެރޭގައި އެފްރިކާއަށް ދަތުރު ކުރި ފަރާތްތަކަށް ކެނެޑާ ބަންދު

ކެނެޑާގެ ޞިއްޙަތާ ބެހޭ ވަޒީރު ޖީން އީވްސް ޑުކްލޯސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އައު ސްޓްރެއިން ފެތުރުން ހުއްޓުވަން އެހީތެރިވުމުގެ ގޮތުން ކެނެޑާއިން ދެކުނު އެފްރިކާގެ 7 ޤައުމަކަށް ފަހަކަށް އައިސް ގޮސްފައިވާ ދަތުރުވެރިންނަށް އެ ޤައުމުގެ ބޯޑަރު ބަންދުކުރަމުންދާ ކަމަށެވެ.

އެ ހަތް ގައުމަކީ ދެކުނު އެފްރިކާ، ނެމީބިއާ، ލެސޯތޯ، ބޮޓްސްވާނާ، އެސްވަތީނީ، ޒިމްބާބްވޭ އަދި މޮޒަމްބީކް އެވެ. ބޭރު ގައުމުތަކުގެ ރައްޔިތުން ކެނެޑާއަށް އެރުން މަނާ ވާނީ މިދިޔަ 14 ދުވަހުގެ ތެރޭގައި އެ ހަތް ގައުމަށް ދިޔަ ނަމައެވެ.

އެފްރިކާގެ ހަތް ޤައުމަކަށް ދަތުރުކޮށްފައިވާ ފަރާތްތަކަށް ކެނެޑާގެ ބޯޑަރު ބަންދުކޮށްފި

ކެނެޑާގެ ޞިއްޙަތާބެހޭ ވަޒީރު ޖީން އީވްސް ޑުކްލޯސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އައު ސްޓްރެއިން ފެތުރުން ހުއްޓުވަން އެހީތެރިވުމުގެ ގޮތުން ކެނެޑާއިން ދެކުނު އެފްރިކާގެ 7 ޤައުމަކަށް ފަހަކަށް އައިސް ގޮސްފައިވާ ދަތުރުވެރިންނަށް އެ ޤައުމުގެ ބޯޑަރު ބަންދުކޮށްފައިވާ ކަމަށެވެ.

ސައުދީން ހަތް ގައުމަކަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީ (އެސްޕީއޭ)އިން ރިޕޯޓްކުރާ ގޮތުގައި، ދެކުނު އެފްރިކާ، ނެމީބިއާ، ބޮޓްސްވާނާ، ޒިމްބާބްވޭ، މޮޒަމްބީކް، ލެސޯތޯ އަދި އެސްވަތީނީއަށް ކުރާ ދަތުރުތައް މެދުކަނޑައިލީ، ކޮވިޑް-19 ފެތުރޭތީ، އެ ގައުމުތަކުގެ ރައްޔިތުން ކަންބޮޑުވާތީއެވެ.

ސްވިޒަލޭންޑުން އެފްރިކާއަށް ކުރާ ސީދާ ދަތުރުތައް ހުއްޓައިލައިފި

ސްވިޒަލޭންޑް ސަރުކާރުން ވަނީ ދެކުނު އެފްރިކާއާއި ވަށައިގެންވާ ސަރަހައްދުތަކުން އެ ގައުމަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި ބޮޓްސްވާނާ، އެސްވަތީނީ، ލެސޯތޯ، މޮޒަމްބީކް، ނެމީބިއާ، ޒިމްބާބްވޭ އަދި ދެކުނު އެފްރިކާއިން އަންނަ ހުރިހާ ދަތުރެއް ހިނދުން ހިނދަށް ސަސްޕެންޑް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!