ކުޑަ ކުދިންގެ ހަވީރެއްގެ ތެރެއިން ނަޞާރާ ދީން ޕްރޮމޯޓްކުރާ ލަވައެއް ޖެހި މައްސަލައެއް
ހުޅުމާލޭ ސެންޓަރަލް ޕާކުގައި އިއްޔެ ކްލިކް ކޮލެޖްސް ސަޕޯރޓް އެންޑް އެކްސަސައިޒް ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދިޔަ ކިޑްސް ސްޕޯޓްސް ފެސްޓިވަލްގައި ނަޞާރާ ދީން ޕްރޮމޯޓްކުރާ ލަވައެއް ޖެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ ފެސްޓިވަލްގެ ތެރެއިން ޖަހައިފައިވާ ލަވައިގައި "ވީ ބިލީވް އިން ޖީސަސް، ވީ ބިލީވް އިން ހޯލީ ސްޕިރިޓް" މިހެން ކިޔައިފައިވެއެވެ.
މިކަމާ ގުޅިގެން ދީނީ އިލްމުވެރިންގެ އިއްތިހާދުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިއްތިހާދުން ނެރުނު ނޫސްބަޔާނެއްގައި އެ މައްސަލަ ބަލައިދީ، އެކަމުގައި ޒިންމާވާ ފަރާތާ މެދު ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވައިލައިފައެވެ. މިމައްސަލަ އިއްތިހާދުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
"މިހުރިހާ ކަމަކީ ވެސް، ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނު)ގެ ދަށުން އެ ޤާނޫނު ތަންފީޒު ކުރުމަށް ހަދައިފައިވާ ޤަވާޢިދު ނަންބަރު 2011/R-40 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދު)ގެ 4 ނަންބަރު މާއްދާގައި، ދީނީ ތަޤްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ނުޤުތާ (ދިވެއްސަކު ކަމުގައި ވިއަސް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ ޢަޤީދާއާ ފުށުނާރާ ގޮތަށް އިސްލާމީ ޥަޙްދަތު ދެމެހެއްޓުމާއި އެކުގައެވެ)" އެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން ކްލިކް ކޮލެޖެން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެކަން އެއީ ގަސްދުގައިކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އިވެންޓްގެ ސައުންޑާ ހަވާލުވެގެން ތިބިފަރާތަށް މިކަން އެނގުމުން ބަދަލު ކުރިކަން ފާހަގަ ކުރާ ކަމަށާއި މިކަމަށް ރައްޔިތުންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭ ކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.
ސައުންޑުގެ ބޮލަށް ކަނޑާލާއިރު، ތި ކޮލެޖުގާ އެތަކެތި ގެންގުޅޭތީ ނޫންބާ، ސައުންޑަށް ވެސް އެ ލަވަ އެ ޖެހުނީ؟
ކޮއްމެ ޝައިތާނީ ކަމެއް ކޮށްފާ މީހުންގަނޑު ކެކި އަރައިގަތީމާ ކޮއްެމެވެސް އެހެންފަރޭތެއްގެ ބޮލަށް މި ކަނޑާލަނީ! މިހާރު ދަރިއަކަށް ކިއަވައިދެން ވެސް ސްކޫލަކަށް ފޮނުވޭކަށް ނެތް ކޮއްމެވެސް ފާޙިޝް ކަންތައްގަނޑެއް ހިންގާލާނެ، ކޮންފަދަ ބަލާވެރިކަމެއް މިގައުމަށް ފާވެފަ މިއޮތީ.
ސައުންޑަކީމީގެކުރީގ.އިންސާނުންންލިބިގެންވާކަންތައްލިބިފާވާވަސީލަތެންނު ހލގާބިގާވެ ވާހަކަދައްކާަދި އެފަދަ އަތެއްވެސް ލިބިގެނެންނުވޭނު އިންސާނަކުމެދުވެރި ވެގެންތަ ވާނީ
އަބަދު އޮޅިގެން.
މިތާގައި ނަޞަާރާދީން ފަތުރަން ނުކުރެވި އޮތީ ޅަސިކުނޑި ތަކާއި ކުޅުން.
މިކަން ފެށުމުން ބިރުވެރިކަން ބޮޑުވެއްޖެ!