ޚަބަރު އިޖުތިމާޢީ

ކޮވިޑް ބަލީގައި އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނިކޮށް މިއަދު ރޭ 09:30 ހައިއިރު ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 255ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!