ޚަބަރު އިޖުތިމާޢީ ސިޔާސީ

ފުލުހުން ބޭނުންކޮށްގެން އިދިކޮޅުގެ އަޑު ކަނޑުވައެއް ނުލެވޭނެ: އާދަމް ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުލުހުން ބޭނުންކޮށްގެން އޮޕޮޒިޝަންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަރީފް މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ނިންމައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެތަން ތައްޔާރުކުރަން ފަށައިފައި ވަނިކޮށް އެޗްޑީސީއާއި ފުލުހުން ޖަލްސާއަށް ހުރަސް އަޅަމުންދިޔުމާ ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ މާދަމާރޭގެ ޖަލްސާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި  ޖަލްސާއަށް ހުރަސްއެޅުމަށް އެޗްޑީސީން ހިންގަމުންދާ ހަރަކާތްތަކަކީ ޤާނޫނާ ޚިލާފް ޣައިރު ޤާނޫނީ އަމަލުތަކެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެެވެ.

އެޗްޑީސީއިން ވިދާޅުވީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ހިންގޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ޕީޕީއެމްއިން ކުރިއަށް ގެންދަން ނިންމައިފައިވާ ހަރަކާތަށް އަދި ހުއްދަ ނުނަގާ ކަމަށާއި އުސޫލުގެ ތެރެއިން ހަރަކާތް ހިންގަން ކޮންމެ ބަޔަކަަށް ވެސް އެ ކޯޕަރޭޝަންގައި ހުއްދައަށް އެދެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!